ދިވެހި|English 9 ޖުލައި 2026 · 03:57
Top banner
Advertisement
ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ
ޚަބަރު

ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

ޟޟަމްރަތު އަހްމަދު14 މޭ 2026
ހައިވޭ، ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީ މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރު ކަމަށެވެ. "މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެއެވެ. މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފައެވެ." މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު