ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޢަބްދުއްރަޙީމް ވިދާޅުވީ "އަމިއްލަ އެދުމުގެ އިންތިހާ" ކަމަށް
ޚަބަރު

ޢަބްދުއްރަޙީމް ވިދާޅުވީ "އަމިއްލަ އެދުމުގެ އިންތިހާ" ކަމަށް

މމުހައްމަދު އަލީ16 މޭ 2026
ކުރީގެ ތިން ރައީސުން ކަމަށްވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު ޞާލިހު ބައްދަލު ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ. ތިން ރައީސުންނަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ މި ތިން ބޭފުޅުންގެ ވެރިކަމުގައި ހިނގާފައިވާ ނޭދެވޭ ކަންކަން މިހާރު އެއްވެސް ބޭފުޅަކު ހަނދުމަފުޅު ނެތްކަމަށެވެ. އެ ހިނގިކަންކަން މިހާރު ތިން ބޭފުޅުންނަށް ވެސް "އޯކޭ" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެބޭފުޅުންނަށް އޯކޭވި ކަންކަމުގެ ތެރޭގައި "ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުން،ދިރާގާ ފެންކުންފުނީގެ ޙިއްޞާ ވިއްކާލުން،ސްޕްރީމްކޯޓްގެ ތަޅު އެޅުވުން،ޢަބުދުاللہ ގާޒީ ހައްޔަރުކުރުން،އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތް،ސިޔާސީ ލީޑަރުން ހައްޔަރުކުރުން،ކަނޑު ވިއްކާލުން ވެންޓިލޭޓަރުގެ ވައްކަން. އެމްޑީއެންގެ ރިޕޯޓް،" ހިމެނޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ. މިއީ ކުޑަ މިންވަރެއް ކަމަށާއި، "ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ. އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ،" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ކުރީގެ ތިން ރައީސުން ބައްދަލު ކުރެއްވީ ރޭގައެވެ. އެ ބޭފުޅުންގެ މެދުގައި ވަރަށްގިނަ ކަންކަމާ ޚިޔާލުތަފާތުވުން އެބަހުރި ކަމަށް ތިންބޭފުޅުންވެސް ރޭ ވިދާޅުވިއެވެ. އެހެންނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ތިން ބޭފުޅުންގެ ވިސްނުން އެއްގޮތް ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު