ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް އިޓަލީގެ ޑައިވަރުންގެ އެހީއާއެކު ހޯދައިފި
ޚަބަރު

ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް އިޓަލީގެ ޑައިވަރުންގެ އެހީއާއެކު ހޯދައިފި

މމުހައްމަދު އަލީ18 މޭ 2026
‏ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރީންގެ ހަށިތައް ފެނިއްޖެ ކަމަށް އެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމީހުންގެ ހަށިތައް ފެނިފައިވަނީ އެމީހުން ޑައިވްކުރި ހޮހަޅަތެރެއިންނެވެ. އެމީހުން ހޯދާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި ކަމަށް ދިވެހި ސިފައިންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ. "‏ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފަައި،" އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު