ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މިރެއާއި މާދަން ވެސް ވިއްސާރަ، ސަމާލުވޭ: މެޓު
ޚަބަރު

މިރެއާއި މާދަން ވެސް ވިއްސާރަ، ސަމާލުވޭ: މެޓު

މމުހައްމަދު އަލީ21 މޭ 2026
މިރެއާއި މާދަމާ ވެސް ވިއްސާރަވާނޭ ކަމަށް މެޓުއޮފީހުން ބުނެފިއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ވަރަށްބޮޑަށް ގަދަވާނޭ ކަމަށް ބެލެވޭ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެ ސަރަހައްދުތަކަށް ވާރޭވެހި ގުގުރާނޭ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. މެޓުން ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުމޫސުމުގެ ވިއްސާރަ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއުރު މެދުރާއްޖެތެރެއާއި އުތުރުގެ ބޮޑުބަޔަކަށް ވަނީ ވިއްސާރަކޮށްފައެވެ. ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހިފައިވެއެވެ. އެންމެގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ އއ. ތޮއްޑުއަށެވެ. އެއީ 144 މިލިމީޓަރުގެ ވާރޭއެވެ. ކުރިއަށްވެސް އޮތީ ވިއްސާރަކަމުން ހުރިހާ ފަރާތްތަކުން ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފިއެވެ.

ގުޅުންހުރި ޚަބަރު