ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއަކު ފިލުމުން ހޯދައި ކަރެކްޝަނާ ހަވާލުކޮށްފި
ޚަބަރު

ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއަކު ފިލުމުން ހޯދައި ކަރެކްޝަނާ ހަވާލުކޮށްފި

މމުހައްމަދު އަލީ21 މޭ 2026
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ފިލައިގެން އުޅެނިކޮށް އޭނާ ހޯދުމަށްފަހު ކަރެކްޝަނާ ހަވާލުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭނާ ފިލީ ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލަ ފުލުހަށް ހަށަހަޅާފައިވަނީ 2026 މެއި 20 ވަނަ ދުވަހުގެ ރޭގައެވެ. އެމީހާ ހޯދުމަށްފަހު ކަރެކްޝަނާ ހަވާލުކޮށްފައިވަނީ މިއަދު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މީހާއަކީ ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހުބާން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ޚަބަރު