ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެންމެ ހަލާލުގޮތުގައި ފައިސާލިބޭނީ މަސްވެރިކަމުން: އުމަރު
ޚަބަރު

އެންމެ ހަލާލުގޮތުގައި ފައިސާލިބޭނީ މަސްވެރިކަމުން: އުމަރު

ޟޟަމްރަތު އަހްމަދު5 އޮކްޓޯބަރު 2024
ރާއްޖޭގެ މަސްވެރިކަމަކީ ޓޫރިޒަމް އިންޑަސްޓްރީއަށްވުރެ ދިވެހީންނާ ގުޅުހުރި ދާއިރައެއްކަމަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެހެންކަމުން އެންމެން ގުޅިގެން އެސިނާއަތު ކޮޅަށް ނަގަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެއީ އެންމެ ހަލާލުގޮތުގައި ފައިސާ ހޯދޭނޭ ދާއިރާއެވެ. ރިސޯޓުތަކުގައި ވިއްޔާ ރާވެސް އެބަވިއްކައެވެ. މަސްވެރިކަމަކީ ކަނޑުމައްޗަށް ނުކުމެ ސީދާ ހަލާލުގޮތުގައި ހޯދާ ރޯއްޖެކެވެ. "އެއަށްވުރެ ވަރުގަދަ ރޯއްޖެއް ފެށުނީއްސުރެން މިއަދާ ހަމައަށް ދިވެހީންނަށްނެތް ލިބައިފައެއް. އެއަށްވުރެ ހަލާލު އެއަށްވުރެ ރަނގަޅު އިންޑަސްޓްރީއެއް ދިވެހީންނަށް ނޯންނާނޭކަން ޔަގީން،" އުމަރު ވިދާޅުވިއެވެ. "މަސްވެރީންނަށް ބުނެލަން ބޭނުންވަނީ ސިޔާސީ ޕާޓީއަކުން ދައްކާ ދަޅައެއްގައި ނުޖެހޭށޭ ކޮންމެ ގޮތެއްވިޔަސް. ކޮންމެ ފަހަރަކު މަސްވެރީން ބެރުޖަހަމުންބެރުޖަހަމުން ނުކުމެ ވޯޓުދިނީމާ ކޮންމެފަހަރަކު ދެނީ ލަނޑު. އެހެންވީމާ އެމީހުން (މަސްވެރިން) ގެ ލޯ ހުޅުވާނޭ ދުވަހަކަށް އަޅުގަނޑު އިންތިޒާރު މިކުރަނީ. އެމީހުން އެކަންޏެއްނޫން މުޅިރާއްޖޭގެ އެންމެންވެސް ލޯ ހުޅުވޭނޭ ދުވަހަކަށް އިންތިޒާރު މިކުރަނީ،" އުމަރު ވިދާޅުވިއެވެ. ސިޔާސީ ޕާޓީތައް ދިވެހީންނަށް ދަސްވާނޭ ދުވަހެއް އަންނަން އެބަޖެހޭ ކަމަށާއި، އެ މީހުން ހަދާ ދޮގު އެއީ ދޮގުކަމަށްބަލާނީ ކިތައް އަހަރުވަންދެން ދޮގުހެދީމައިތޯ އޭނާ އުމަރު ސުވާލުކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު