ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އަދުގެ ޖީލުތަކުގައި އަޚްލާގު އަށަގަންނުވަން އެއްބާރުލުން ބޭނުން: ރައީސް
ޚަބަރު

އަދުގެ ޖީލުތަކުގައި އަޚްލާގު އަށަގަންނުވަން އެއްބާރުލުން ބޭނުން: ރައީސް

އއަހުމަދު މުހައްމަދު5 އޮކްޓޯބަރު 2024
އަދުގެ ޖީލުތަކުގައި އިންސާނިއްޔަތުކަމާއި އަޚްލާގާއި މާނަވީ ހަރުދަނާކަން އަށަގަންނަވަން ބޭނުފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން މިގޮތަށް ކުރުމަށްޓަކައި މުދައްރިސުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަދުގެ މަޖުތަމައު ވަނީ ވަރަށްބޮޑަށް ބަދަލުވެފައި ކަމަށްވެ. އެކަންކަން ރަނގަޅު ކުރެވެނީ ދޮގާ ޣީބަޔާއި ފުރައްސާރަ އުފުލާ ފާސިޤުން ގެންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން އޭގެ ދޮގުތެދު ބެލުމަށް ކީރިތި ޤުރްއާނުގައި އިރުޝާދެއްވާފައިވާ ފަދަ އިން އަމަލުކޮށްގެން ކަމަށެވެ. އޭގެ އިތުރުން އިވޭ އިވުންތަކާ މެދު މަސްއޫލުވުމަށް، އިލާހީ އަމުރުފުޅު އައިސްފައިވާ ކަމަށް ހަނދާން ކޮށްދެއްވިއެވެ. ހަމަ އެހެންމެ ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބިފައިވާ ކަމަށް ހަނދާން ކޮށްދެއްވިއެވެ. "އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އަރިހުން އެދެނީ ކީރިތި ޤުރްއާނާ މޫރިތި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް މި ދިވެހި މުޖުތަމަޢު ބަދަލުކުރުމުގައި ތިޔަ އެންމެ ބޭފުޅުންގެ ބައިވެރިވުން ދެއްވުން،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދުގެ ޒުވާނުން ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށް ޓަކައި މިޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް ޒުވާނުން ހަދަންޖެހޭ ކަމަށެވެ. ދިވެހީންގެ ތާރީޚާއި ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި އޮތް ޙަޤީޤަތްތައް އެޒުވާނުންނަށް ވިސްނޭނެ ގޮތަކަށް އަންގައިދެވެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. "ދިވެހިރާއްޖެ އިސްލާމްވީ ދުވަހު އަޅުގަނޑު މި ދަންނަވާލީ މައިގަނޑު ތިން ވާހަކައެއް. އެއީ މާތްވެގެންވާ އިސްލާމްދީން ދުނިޔެއަށް ފޮނުއްވި މާތް ﷲ، އެކަލާނގެ ފޮތުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތުގެ ވާހަކަ. ދެވަނަ ވާހަކައަކީ އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ޚިލާފު އަމަލުތަކުގެ ވާހަކަ. ތިންވަނަ ވާހަކައަކީ މި ކަންކަން އިޞްލާޙުކުރުމުގައި އަޅުގަނޑުމެން ޢަމަލު ކުރަންވީ ގޮތުގެ ވާހަކަ،" ރައީސް ވިދާޅުވިއެވެ. މިޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި ދަރީންނަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދައިދިނުމަށް، މުދައްރިސުންގެ  އެއްބާރުލުން ދެއްވުމަށެވެ. މުދައްރިސުންގެ އިތުރުން މިކަމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށް ރަައީސް ވިދާޅުވިއެވެ. އެ ފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަޚުލާޤީ އެތައް ބިނާއެއް އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކީރިތި ޤުރުއާނުން އެނގޭ ފަދައިން ޙާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއްކަންވެސް އެމަނިކުފާނު ވަނީ މިއަދުގެ ޖަލްސާގައި ހަނދުމަކޮށްދެއްވާފައެވެ. މިޖަލްސާގައިވަނީ ޤުރުއާން ހިތުދަސްކުރި ހާފިޒުންނަށް އިނާމް ދެއްވައިފައެވެ.

ގުޅުންހުރި ޚަބަރު