ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ކޯގަންނު ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ
ޚަބަރު

ކޯގަންނު ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ

މމުހައްމަދު އަލީ25 މޭ 2026
އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނު ކައިރި ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ އަލިފާން މިހާރުވަނީ ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފައި ކަމަށެވެ. އަލިފާނުގެ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:25 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 11:45 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްވެސް އަދި އެނގިފައެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު