ދިވެހި|English 9 ޖުލައި 2026 · 03:58
Top banner
Advertisement
ޢަރަފާތް ދުވަސް!
ރިޕޯޓް

ޢަރަފާތް ދުވަސް!

ޢޢަބްދުﷲ ސަޢީދު26 މޭ 2026
ޢަރަފާތް ދުވަހަކީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ. އެއީ ހަމައެކަނި ކަލަންޑަރުގައި ލިޔެފައިވާ ތާރީޚެއް ނޫނެވެ. އެއީ ކާއިނާތުގެ ވެރި އިލާހު، އެކަލާނގެ ފާފަވެރި އަޅުންގެ މައްޗަށް ރަޙުމަތުގެ ވާރޭ ވެއްސަވާ ދުވަހެވެ. އެދުވަހު الله ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން، އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާމެދު ފަޚުރުވެރިވެ ވޮޑިގަންނަވާނެތެވެ. އެއްކޮޅުން ޢަރަފާތު ބިމުގައި އެތައް މިލިއަން ޙައްޖާޖީން، އެމީހުންގެ ވެރި ރަސްކަލާނގެ ކުރިފުޅުމަތީގައި ގިސްލައި ރޮނީއެވެ. އަނެއްކޮޅުން އެ މަތިވެރި ބިމަށް ނުދެވުނު މީހުންނަށް، ރޯދަ ހިފައިގެން އެ ބާއްޖަވެރި ޤާފިލާގެ ބައިވެރިންނަށް ވުމުގެ ފުރުޞަތު الله ތަޢާލާ ވަނީ ދެއްވާފައެވެ. މި ދުވަހަކީ ޙަޤީޤަތުގައި ތައުބާ ޤަބޫލުކުރެއްވުމާއި، މާތްރަސްކަލާނގެއާ ކުއްތަންވުމާއި، ދުޢާ އިޖާބަ ކުރެއްވުމާއި، ފާފަތަކުން ލައްޖެހިފައިވާ ހިތްތައް ދޮވެ ޠޯހިރު ކުރުމުގެ ދުވަހެކެވެ. ޢަރަފާތް ދުވަހުގެ މަޤާމާއި، އެދުވަހުގެ މަތިވެރިކަން ކީރިތި ޤުރުއާނުގައި ބަޔާންކޮށް ދެއްވާފައި ވަނީ މިފަދައިންނެވެ. ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًۭا ۚ (އަލްމާޢިދާ 3) "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި، ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." އެ މަތިވެރި އާޔަތް ބާވައިލެއްވީ ޢަރަފާތް ދުވަހު ކަމަށް މުފައްސިރުން ވިދާޅުވެއެވެ. އެ ދުވަހަކީ ދީން ފުރިހަމަވެ، ނިޢުމަތް ފުރިހަމަވެ، ކާއިނާތުގެ ކުރިމަތީގައި الله ގެ ރުހިވޮޑިގަތުން އިޢުލާން ކުރެއްވި ތާރީޚީ ދުވަހެވެ. އެންމެ ދުވަހެއްގެ ރޯދައަކީ ފާފަތަކުގެ ކައްފާރާއެކެވެ. ޙައްޖާޖީން ޢަރަފާތު ބިމުގައި އަޅުކަންކުރުމުގައި އަވަދިނެތި އުޅޭއިރު، ޙައްޖާޖީން ނޫން މުސްލިމުން މިދުވަހު ރޯދަ ހިފުމަކީ ޞައްޙަ ސަނަދުން ސާބިތުވެފައިވާ ސުންނަތެކެވެ. އަދި މަތިވެރިވެގެންވާ ނިޢުމަތެކެވެ. ޙަޟުރަތު އަބޫ ޤަޠާދާ رضي الله عنه ރިވާކުރައްވާފައިވާ ގޮތުގައި، الله ގެ ރަސޫލާ ﷺ ޙަދީޘުފުޅު ކުރައްވާފައިވެއެވެ. صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ) މާނައީ: "ޢަރަފާތް ދުވަހުގެ ރޯދަޔާއި ބެހޭގޮތުން ތިމަންކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އުންމީދުކުރައްވަނީ، އެއީ އެދުވަހުގެ ކުރިޔަށް އޮތް އަހަރުގެ ފާފަޔާއި އަދި އެދުވަހުގެ ފަހުން އަންނަން އޮތް އަހަރުގެ ފާފަތައް ފުހެލާނެ ރޯދައެއްކަމުގައި ލެއްވުމެވެ." (ޞަޙީޙު މުސްލިމު 1162) ނިކަން ވިސްނާލަބަލާށެވެ! ބަނޑުހައިހޫނުކަމާއި، ކަރުހިއްކުމުގެ އެންމެ ދުވަހެއްގެ ބަދަލުގައި، މާތް الله ވޭތުވެދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވައި، ކުރިއަށް އޮތް އަހަރަށް ފާފަތަކުން ރައްކާތެރިކޮށް ދެއްވާނޭކަމުގެ އުފާވެރި ޚަބަރު ދެއްވައެވެ. މިއީ الله ގެ ޙައްދެއް، ޙުދޫދެއް ނެތް އަދި ގުނައި ޢަދަދު ނުކުރެވޭ، ރަޙުމަތުގެ ދޮރުތައް ހުޅުއްވައި ދެއްވުން ނޫން ދެން ކޮން ކަމެއް ތޯއެވެ؟ ޢަރަފާތުގެ ބާޠިނީ މަފުހޫމަކީ، الله މަޢުރިފާކޮށް ދެނެގަތުމެވެ. "ޢަރަފާތު" އެ ލަފުޒާއި "މަޢުރިފާ" ނުވަތަ ދެނެގަތުމާއި ވަރަށް ފުން ގުޅުމެއް ވެއެވެ. الله ގެ ވަލިއްޔުންނާއި، އަދި ސޫފީން ވިދާޅުވެފައިވެއެވެ. "ޢަރަފާތް ދުވަހާއި ބައްދަލުވެ، އެމީހާގެ ވެރި ރައްބު ނުހޯދުނު މީހަކަށް، ޢަރަފާތް ދުވަހުގެ ޙަޤީޤަތް ހޯދިފައި ނުވެއެވެ." އެދުވަހު އަހުރެމެންގެ ފެންވަރާއި، އަހުރެމެންގެ ބަލިކަށިކަމާއި، އަހަރެމެންގެ ނިކަމެތިކަމުގެ އިޙުސާސް ކުރުވައިދެއެވެ. އަދި، އަހުރެމެންގެ ހިތްތަކުގައި، الله ގެ މަތިވެރިކަމުގެ ޝުޢޫރު އުފަންކުރުވައެވެ. އެހެންކަމުން ޢަރަފާތް ދުވަހުގެ ރޯދައަކީ ހަމައެކަނި ބަނޑުގެ ރޯދައެއް ނޫނެވެ. އެއީ އަހުރެމެންގެ ނަފުސުގެ ހަރުކަށިކަން މުގުރާލައި، އަނާ ފޮހެލައި، ރޫޙު، އެ ރޫޙުގެ ވެރި ޚާލިޤުގެ ކުރިމަތީގައި ކިޔަމަންތެރި ކުރުމުގެ ނަމެވެ. ޢަރަފާތުގެ މައިދާނާއި، ރޯދަވެރިޔާއާ ދެމެދު އޮންނަނީ ރޫޙާނީ ގުޅުމެކެވެ. ޢަރަފާތުގެ މައިދާނުގައި އެތައް މިލިއަން އިންސާނުން ހުދު ކަފުނެއް ފަދަ އިޙުރާމެއް އަޅައިގެން، ދުލުން "لبّيك" އޭ ގޮވަމުން، ރޮއިރޮއި ހުއްޓި ތިބޭއިރު، އެ މަންޒަރުން ސިފަވަނީ، ބިމުގައި "ޤިޔާމަތް ދުވަސް" ތަމްސީލުކުރާ ހެންނެވެ. ހުރިހާ ފަރާތަކުންވެސް ފެންނާނީ ތަވާޟުޢުވެރިކަމާއި، ވެރަދައާއި، އަދި މޮޅިވެރިކަމެވެ. އަހުރެމެން ގޭގޭގައި ތިބޭ މީހުން، މިދުވަހު ރޯދަ ހިފާއިރު އަހުރެމެންވެސް އެ ޤާއިމު ކުރަނީ ކުޑަކުޑަ ޢަރަފާތެކެވެ. ޖިސްމުވަނީ ބަނޑުހައިވެފައެވެ. ރޫޙު ވަނީ ފެންބޮވައިގެންފައެވެ. ހިތުގެ ވިންދު ވަނީ ޙައްޖާޖީންނާ އެކުގައެވެ. އެގޮތުން އަޅުގަނޑުމެންވެސް، އެ އުޖާލާ ޤާފިލާގެ ނިޢުމަތްތަކުގެ ބައިވެރިންނަށް ވެގެންދެއެވެ. ޢަރަފާތް ދުވަސް ހެޔޮގޮތުގައި، ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ އާދައިގެޢަރަފާތް ދުވަސް! ޢަރަފާތް ދުވަހަކީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ. އެއީ ހަމައެކަނި ކަލަންޑަރުގައި ލިޔެފައިވާ ތާރީޚެއް ނޫނެވެ. އެއީ ކާއިނާތުގެ ވެރި އިލާހު، އެކަލާނގެ ފާފަވެރި އަޅުންގެ މައްޗަށް ރަޙުމަތުގެ ވާރޭ ވެއްސަވާ ދުވަހެވެ. އެދުވަހު الله ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން، އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާމެދު ފަޚުރުވެރިވެ ވޮޑިގަންނަވާނެތެވެ. އެއްކޮޅުން ޢަރަފާތު ބިމުގައި އެތައް މިލިއަން ޙައްޖާޖީން، އެމީހުންގެ ވެރި ރަސްކަލާނގެ ކުރިފުޅުމަތީގައި ގިސްލައި ރޮނީއެވެ. އަނެއްކޮޅުން އެ މަތިވެރި ބިމަށް ނުދެވުނު މީހުންނަށް، ރޯދަ ހިފައިގެން އެ ބާއްޖަވެރި ޤާފިލާގެ ބައިވެރިންނަށް ވުމުގެ ފުރުޞަތު الله ތަޢާލާ ވަނީ ދެއްވާފައެވެ. މި ދުވަހަކީ ޙަޤީޤަތުގައި ތައުބާ ޤަބޫލުކުރެއްވުމާއި، މާތްރަސްކަލާނގެއާ ކުއްތަންވުމާއި، ދުޢާ އިޖާބަ ކުރެއްވުމާއި، ފާފަތަކުން ލައްޖެހިފައިވާ ހިތްތައް ދޮވެ ޠޯހިރު ކުރުމުގެ ދުވަހެކެވެ. ޢަރަފާތް ދުވަހުގެ މަޤާމާއި، އެދުވަހުގެ މަތިވެރިކަން ކީރިތި ޤުރުއާނުގައި ބަޔާންކޮށް ދެއްވާފައި ވަނީ މިފަދައިންނެވެ. ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًۭا ۚ (އަލްމާޢިދާ 3) "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި، ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." އެ މަތިވެރި އާޔަތް ބާވައިލެއްވީ ޢަރަފާތް ދުވަހު ކަމަށް މުފައްސިރުން ވިދާޅުވެއެވެ. އެ ދުވަހަކީ ދީން ފުރިހަމަވެ، ނިޢުމަތް ފުރިހަމަވެ، ކާއިނާތުގެ ކުރިމަތީގައި الله ގެ ރުހިވޮޑިގަތުން އިޢުލާން ކުރެއްވި ތާރީޚީ ދުވަހެވެ. އެންމެ ދުވަހެއްގެ ރޯދައަކީ ފާފަތަކުގެ ކައްފާރާއެކެވެ. ޙައްޖާޖީން ޢަރަފާތު ބިމުގައި އަޅުކަންކުރުމުގައި އަވަދިނެތި އުޅޭއިރު، ޙައްޖާޖީން ނޫން މުސްލިމުން މިދުވަހު ރޯދަ ހިފުމަކީ ޞައްޙަ ސަނަދުން ސާބިތުވެފައިވާ ސުންނަތެކެވެ. އަދި މަތިވެރިވެގެންވާ ނިޢުމަތެކެވެ. ޙަޟުރަތު އަބޫ ޤަޠާދާ رضي الله عنه ރިވާކުރައްވާފައިވާ ގޮތުގައި، الله ގެ ރަސޫލާ ﷺ ޙަދީޘުފުޅު ކުރައްވާފައިވެއެވެ. صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ) މާނައީ: "ޢަރަފާތް ދުވަހުގެ ރޯދަޔާއި ބެހޭގޮތުން ތިމަންކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އުންމީދުކުރައްވަނީ، އެއީ އެދުވަހުގެ ކުރިޔަށް އޮތް އަހަރުގެ ފާފަޔާއި އަދި އެދުވަހުގެ ފަހުން އަންނަން އޮތް އަހަރުގެ ފާފަތައް ފުހެލާނެ ރޯދައެއްކަމުގައި ލެއްވުމެވެ." (ޞަޙީޙު މުސްލިމު 1162) ނިކަން ވިސްނާލަބަލާށެވެ! ބަނޑުހައިހޫނުކަމާއި، ކަރުހިއްކުމުގެ އެންމެ ދުވަހެއްގެ ބަދަލުގައި، މާތް الله ވޭތުވެދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވައި، ކުރިއަށް އޮތް އަހަރަށް ފާފަތަކުން ރައްކާތެރިކޮށް ދެއްވާނޭކަމުގެ އުފާވެރި ޚަބަރު ދެއްވައެވެ. މިއީ الله ގެ ޙައްދެއް، ޙުދޫދެއް ނެތް އަދި ގުނައި ޢަދަދު ނުކުރެވޭ، ރަޙުމަތުގެ ދޮރުތައް ހުޅުއްވައި ދެއްވުން ނޫން ދެން ކޮން ކަމެއް ތޯއެވެ؟ ޢަރަފާތުގެ ބާޠިނީ މަފުހޫމަކީ، الله މަޢުރިފާކޮށް ދެނެގަތުމެވެ. "ޢަރަފާތު" އެ ލަފުޒާއި "މަޢުރިފާ" ނުވަތަ ދެނެގަތުމާއި ވަރަށް ފުން ގުޅުމެއް ވެއެވެ. الله ގެ ވަލިއްޔުންނާއި، އަދި ސޫފީން ވިދާޅުވެފައިވެއެވެ. "ޢަރަފާތް ދުވަހާއި ބައްދަލުވެ، އެމީހާގެ ވެރި ރައްބު ނުހޯދުނު މީހަކަށް، ޢަރަފާތް ދުވަހުގެ ޙަޤީޤަތް ހޯދިފައި ނުވެއެވެ." އެދުވަހު އަހުރެމެންގެ ފެންވަރާއި، އަހުރެމެންގެ ބަލިކަށިކަމާއި، އަހަރެމެންގެ ނިކަމެތިކަމުގެ އިޙުސާސް ކުރުވައިދެއެވެ. އަދި، އަހުރެމެންގެ ހިތްތަކުގައި، الله ގެ މަތިވެރިކަމުގެ ޝުޢޫރު އުފަންކުރުވައެވެ. އެހެންކަމުން ޢަރަފާތް ދުވަހުގެ ރޯދައަކީ ހަމައެކަނި ބަނޑުގެ ރޯދައެއް ނޫނެވެ. އެއީ އަހުރެމެންގެ ނަފުސުގެ ހަރުކަށިކަން މުގުރާލައި، އަނާ ފޮހެލައި، ރޫޙު، އެ ރޫޙުގެ ވެރި ޚާލިޤުގެ ކުރިމަތީގައި ކިޔަމަންތެރި ކުރުމުގެ ނަމެވެ. ޢަރަފާތުގެ މައިދާނާއި، ރޯދަވެރިޔާއާ ދެމެދު އޮންނަނީ ރޫޙާނީ ގުޅުމެކެވެ. ޢަރަފާތުގެ މައިދާނުގައި އެތައް މިލިއަން އިންސާނުން ހުދު ކަފުނެއް ފަދަ އިޙުރާމެއް އަޅައިގެން، ދުލުން "لبّيك" އޭ ގޮވަމުން، ރޮއިރޮއި ހުއްޓި ތިބޭއިރު، އެ މަންޒަރުން ސިފަވަނީ، ބިމުގައި "ޤިޔާމަތް ދުވަސް" ތަމްސީލުކުރާ ހެންނެވެ. ހުރިހާ ފަރާތަކުންވެސް ފެންނާނީ ތަވާޟުޢުވެރިކަމާއި، ވެރަދައާއި، އަދި މޮޅިވެރިކަމެވެ. އަހުރެމެން ގޭގޭގައި ތިބޭ މީހުން، މިދުވަހު ރޯދަ ހިފާއިރު އަހުރެމެންވެސް އެ ޤާއިމު ކުރަނީ ކުޑަކުޑަ ޢަރަފާތެކެވެ. ޖިސްމުވަނީ ބަނޑުހައިވެފައެވެ. ރޫޙު ވަނީ ފެންބޮވައިގެންފައެވެ. ހިތުގެ ވިންދު ވަނީ ޙައްޖާޖީންނާ އެކުގައެވެ. އެގޮތުން އަޅުގަނޑުމެންވެސް، އެ އުޖާލާ ޤާފިލާގެ ނިޢުމަތްތަކުގެ ބައިވެރިންނަށް ވެގެންދެއެވެ. ޢަރަފާތް ދުވަސް ހެޔޮގޮތުގައި، ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ އާދައިގެ ދުވަސްތަކެކޭ އެއްފަދައިން ފަރުވާކުޑަކޮށް، މި ދުވަސް ހޭދަ ނުކުރާށެވެ. މި ދުވަހުގެ ކޮންމެ ހިނދުކޮޅަކީ އަގުހުރި ހިނދުކޮޅަކަށް ހަދާށެވެ. 1. އެއްވެސް އުޒުރެއް ނުވާ ނަމަ، މި ދުވަހުގެ ރޯދަ ހިފާށެވެ. އެ ހެޔޮ ޢަމަލު ގެއްލިގެން ދިޔަނުދޭށެވެ. 2. މާޒީގެ ހުރިހާ ފާފަތަކެއް ހަނދާންކޮށް، އިޚުލާޞްތެރި ތައުބާއަކުން ތައުބާވުމަށް އެދި، މާތް الله ގެ ޙަޟުރަތުގައި ދަންނަވާށެވެ. 3. ކޮންމެ ފަރުޟު ނަމާދަކަށްފަހު ތަޝްރީޤުގެ ތަކުބީރު އަޑުގަދަކޮށް ކިޔަން ހަނދާން ނައްތާނުލާށެވެ. 4. މިދުވަހުގެ ޚާއްޞަ ދުޢާގެ މަތިން ހަނދާން ނައްތާ ނުލާށެވެ. الله ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި މި ދުވަހު އެންމެ ރަނގަޅު ދުޢާއަކީ: "لَا إِلٰهَ إِلَّا اللّٰهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ" މި ބަރަކާތްތެރި ޢަރަފާތް ދުވަހު، ޡާހިރީ އަދި ބާޠިނީ ނިޢުމަތްތައް އަޅަމެންނަށް މިންވަރުކޮށް ދެއްއްވާށި! އިޚުލާޞްތެރި ނިޔަތަކާއެކު، މިދުވަހު ރޯދައަށް ހުރުމުގެ ތައުފީޤު ދެއްވާށި! އަޅަމެންގެ ކުދި ފާފަތަކާއި، އަދި ބޮޑެތި ފާފަތައް ފުއްސަވައި ދެއްވާދޭނވެ! އިނބައިލާހުގެ ލޯތްބާއި، މަޢުރިފާއާއި، ގާތްކަމުގެ ނޫރުން އަޅަމެންގެ ހިތްތައް އުޖާލާކޮށް ދެއްވާދޭނވެ! އާމީން. ياربّ العالمين. ދުވަސްތަކެކޭ އެއްފަދައިން ފަރުވާކުޑަކޮށް، މި ދުވަސް ހޭދަ ނުކުރާށެވެ. މި ދުވަހުގެ ކޮންމެ ހިނދުކޮޅަކީ އަގުހުރި ހިނދުކޮޅަކަށް ހަދާށެވެ. 1. އެއްވެސް އުޒުރެއް ނުވާ ނަމަ، މި ދުވަހުގެ ރޯދަ ހިފާށެވެ. އެ ހެޔޮ ޢަމަލު ގެއްލިގެން ދިޔަނުދޭށެވެ. 2. މާޒީގެ ހުރިހާ ފާފަތަކެއް ހަނދާންކޮށް، އިޚުލާޞްތެރި ތައުބާއަކުން ތައުބާވުމަށް އެދި، މާތް الله ގެ ޙަޟުރަތުގައި ދަންނަވާށެވެ. 3. ކޮންމެ ފަރުޟު ނަމާދަކަށްފަހު ތަޝްރީޤުގެ ތަކުބީރު އަޑުގަދަކޮށް ކިޔަން ހަނދާން ނައްތާނުލާށެވެ. 4. މިދުވަހުގެ ޚާއްޞަ ދުޢާގެ މަތިން ހަނދާން ނައްތާ ނުލާށެވެ. الله ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވި ގޮތުގައި މި ދުވަހު އެންމެ ރަނގަޅު ދުޢާއަކީ: "لَا إِلٰهَ إِلَّا اللّٰهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ" މި ބަރަކާތްތެރި ޢަރަފާތް ދުވަހު، ޡާހިރީ އަދި ބާޠިނީ ނިޢުމަތްތައް އަޅަމެންނަށް މިންވަރުކޮށް ދެއްއްވާށި! އިޚުލާޞްތެރި ނިޔަތަކާއެކު، މިދުވަހު ރޯދައަށް ހުރުމުގެ ތައުފީޤު ދެއްވާށި! އަޅަމެންގެ ކުދި ފާފަތަކާއި، އަދި ބޮޑެތި ފާފަތައް ފުއްސަވައި ދެއްވާދޭނވެ! އިނބައިލާހުގެ ލޯތްބާއި، މަޢުރިފާއާއި، ގާތްކަމުގެ ނޫރުން އަޅަމެންގެ ހިތްތައް އުޖާލާކޮށް ދެއްވާދޭނވެ! އާމީން. ياربّ العالمين.

ގުޅުންހުރި ޚަބަރު