ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޢީދުގެ އުފާފާޅުކުރަންވާނީ އިސްލާމީ ރޫޙާ އެއްގޮތަށް: ރައީސް
ޚަބަރު

ޢީދުގެ އުފާފާޅުކުރަންވާނީ އިސްލާމީ ރޫޙާ އެއްގޮތަށް: ރައީސް

މމުހައްމަދު އަލީ27 މޭ 2026
ބަރަކާތްތެރި ބޮޑުޢީދުގެ އުފާ ފާޅުކުރަންވާނީ އިސްލާމީ ރޫޙާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. "ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަނީ، މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކުރައްވައި ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ އުފާ ފާޅުކުރެއްވުމަށް އިލްތިމާސްކުރަމުން،" ރައީސް އެކްސްގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ "ބޮޑު ޢީދުގައި ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންގެ ޒަމާންވީ އާދައެއްކަމުގައި ވާތީ، މިއީ އަޅުގަނޑުމެންގެ އުޚުއްވަތްތެރިކަން ބަދަހިވެ، އަމާންކަމާއި ހިތްހަމަޖެހުން ކޮންމެ ރައްޔިތަކަށްމެ އިޙްސާސްވާ ޢީދަކަށްވުން އެދި ހެޔޮ ދުއާކުރަން،"

ގުޅުންހުރި ޚަބަރު