ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ތުހުމަތު ތަކަށް އިންކާރު ކުރައްވަމުން ނާޒިމް އިސްތިއުފާ ދެއްވައިފި
ޚަބަރު

ތުހުމަތު ތަކަށް އިންކާރު ކުރައްވަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

މމުހައްމަދު އަލީ31 މޭ 2026
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމަށް ކުރެވޭ ތުހުމަތު ތަކަށް އިންކާރު ކުރައްވަމުން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރާ ޖަލްސާ މިއަދު ބާއްވަން ނިންމާފައި ވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ނާޒިމް އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިއަދު ނެރުއްވި ބަޔާނަކުންނެވެ. އޭނާ ބަޔާން ނެރުއްވީ އޭނާ ވަކިކުރުމަށް ބާއްވާ ޖަލްސާ  މިއަދު ހެނދުނު 9:00 ގައި ބާއްވަން ނިންމާފައިވަނިކޮށްނެވެ. މަޖިލީހުންގެ ނާއިބު ރައީސް ކަމުގެ މަގާމުން ނާޒިމް ވަކިކުރަން ހުށަހަޅާފައިވަނީ ޕީއެންސީންނެވެ. އޭނާ ވަކިކުރުމަށް މަޖިލީހަށް މިމަހުގެ 14 ވަނަ ދުވަހު ގަރާރު ހުށަހެޅީ ވެސް ޕީއެންސީންނެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ އެންމެހާ މެންބަރުން ވަނީ އެއަށް ތާއީދުކޮށްފައެވެ. ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ނާޒިމް ގެންދަވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާނެގުމާއި ފިތުނަ އުފެއްދުމާއި މަޖިލީހުގެ މަސްލަހަތު ނަގާލުން ފަދަ ކަންކަން ކޮށްފައި ނަމަށެވެ. ނާޒިމް އިސްތިއުފާ ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މިހުރިހާ ތުހުމަތުތަކަށްވެސް އިންކާރު ކުރައްވާ ކަމަށެވެ. ނާއިބު ރައީސްގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރުކަމާއެކު ގާނޫނާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވެފައިވެއެވވެ. އެއްވެސް ބަޔަކާމެދު އެއްވެސް ތަފާތުކުރުން ތަކެއްވެސް ގެންގުޅުއްވާފައި ނުވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭނާގެ މައްޗަށް ތުހުމަތުކުރާކަންކަން ސާބިތުކޮށްދިނުމަށް އެއްވެސް ގަރީނާއެއްވެސް ނެތް ކަމަށް ވިދާޅުވެފައިވެއެވެ. ނާޒިމް ވިދާޅުވެފައިވަނީ އޭނާއަށް ކޮށްފައިވާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއްނެތަސް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުން ސޮއިކޮށް އޭނާ މަގާމުން ވަކިކުރުން ހުށަހެޅުމުން އެންމެ ރީތި އަދި ޑިމޮކްރަޓިކް ގޮތަކީ އެއަށް އިހްތިރާމްކޮށް މެޖޯރިޓީގެ ނިންމުމަށް އިޖާބަދެއްވުން ކަމަށެވެ. އިސްތިއުފާ ދެއްވީ އެ އުސޫލުގެ މަތީން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު