ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑީއާގެ ބައެއް މަންސަތައް މަނާކުރަނީ
ޚަބަރު

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑީއާގެ ބައެއް މަންސަތައް މަނާކުރަނީ

މމުހައްމަދު އަލީ1 ޖޫން 2026
ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށް އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މިއަދު ވިދާޅުވީ  އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މިކަން ތަންފީޒުކުރައްވާނޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގެ ނުރައްކާތަކަށް، މީހުން ހުށަހެޅިފައިވާ ކަމަށާއި ވަކީން ޚާއްޞަކޮށް ކުޑަކުދިންނަށް އެނުރައްކާ ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިންގގެ ނުރައްކަލަކީ މުޖުތަމަޢަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި 'ސައިބަރ ބުލީންގ'އަކީ، ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ކަންކަމުން ކުދިން ދުރުކޮށް، އިސްލާމީ އަސާސްތަކާ ޚިލާފު ކަންކަމުން ކުދިން ރައްކާތެރިކުރުމަކީ، ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއް ކަމަކީ އިންސާނީ ތަރައްޤީކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޒުވާން ޖީލަށް ކުރިމަތިވެފައި އޮތް ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސޯޅައަހަރުން ދަށުގެ ބައެއް ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުން ކުރުން މަނާކުރިޔަސް މިއީ ޑިޖިޓަލައިޒްވުމާ ދުރަށް ދިއުން ނޫންކަމަށެވެ. އަދި މި ބަދަލާއެކު ކުދިންގެ ކިޔެވުމަށްވެސް ހީނަރުކަމެއް ކުރިމަތިނުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވްސް 2.0 ކަން ހަނދާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ އެފިޝަންސީއާއި،، ޓްރާންސްޕޭރަންސީ އަދި ޖަވާބުދާރީވުން ހަރުދަނާކޮށް އިތުރުކުރުމަށްޓަކައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. ޑިޖިޓަލައިޒްކުރުމުގެ ސަބަބުން ސީދާ އިންސާނީ ބައިވެރިވުން މަދުކުރެވި، ވަކި މީހެއްގެ ބާރާއި ނުފޫޒުން ކަންކަންވުން ނިމުމަކަށް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި މުޖުތަމަޢެއް ކަމަށާ، ހުރިހާ މާނައެއްގައި އިސްލާމީ އަސާސްތަކުގެ ޙަޤީޤަތުގެ މައްޗަށް މުޖުތަމަޢު ބިނާކުރުމަށްޓަކައި ކުޅިވަރުގެ މައިދާންތަކާއި މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ދާދި އަވަހަށް ހަމަޖައްސަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުޅިވަރު ކުޅެމުންދާއިރު ނަމާދު ވަގުތު ވަދެއްޖެ ހިނދެއްގައި، ބަންގި ގޮވާ ވަގުތުން ފެށިގެން ވަކި އިރެއް ވަންދެން ކުޅިވަރުކުޅުން ހުއްޓާލަންޖެހޭ ގޮތަށް ކަނޑައަޅުއްވައި، ކުރިއަށް އޮތް މަސްތަކުގައި އެކަން ތަންފީޒުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު