ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އާސަހަރާ މިސްކިތާއި، ސަހަރާ އަލުން ހުޅުވައިފި
ޚަބަރު

އާސަހަރާ މިސްކިތާއި، ސަހަރާ އަލުން ހުޅުވައިފި

އއަހުމަދު މުހައްމަދު4 އޮކްޓޯބަރު 2024
މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު ހުޅުވައިފިއެވެ. މި މިސްކިތާއި ސަހަރާ ހުޅުވައި ދެއްވީ 4 އޮކްޓޫބަރ 2024 ވީ ހުކުރު ދުވަހު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހުރިޔާ އަދި މާލެ ސިޓީގެ ކުރީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރ، އާދަމް ޢާޒިމާއި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތުކުރުމަށް ބަންދުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ވަރަށް ގިނަ ގިންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް، މާލެސިޓީގެ މޭޔަރ އާދަމް ޢާޒިމް، މި މަސައްކަތް ނިންމެވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ފެއްޓެވީ، 2024 ޖެނުއަރީ މަހުގައެވެ. މި މަސައްކަތާ، ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް، ފައިސާ ދިން ނަމަވެސް މަސައްކަތް، އެދެވޭ ގޮތެއްގައި ކުރިޔަށް ނުދިއުމުގެ ސަބަބުން ކޮންޓެކްޓް ބާޠިލްކޮށް އާ ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރެއްވިއެވެ. މީގެ އިތުރުން މޭޔަރ އާދަމް ޢަޒިމްގެ އިސްނެގުވުމާއި، މަސައްކަތްޕުޅުން، ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީފުޅުތައް، މި މަސައްކަތަށް ހޯއްދެވިއެވެ. މި ގޮތުން މި މަސައްކަތަށް  އެހީ ދެއްވި ފަރާތްތަކަކީ، އެލިއާ އިންވެސްޓްމެންޓް، އެޕޯލޯ އިންވެސްޓްމެންޓް، ހައިމަން ކޮންސްޓްރަކްޝަން،  ބީ6 ކޮންސްޓްރަކްޝަން،  ޕްރޯ އޭސީ އިންޖިނިއަރިންއެވެ. އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު، އަލުން ހުޅުވުމުން، މަލެ ސިޓީގެ، މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމަށް، ހުޅުމާލެއަށް ގެންދިއުމަށް، އުފުލަން ޖެހުނު ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ.
  • ޚަބަރާއިފޮޓޯމާލޭސިޓީކައުންސިލް
   

ގުޅުންހުރި ޚަބަރު