ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ރައްޔިތުންގެ ލޯބި އަންނި ހޯދީ އެތައް ގުރުބާނީއެއްވެގެން: ސައްޕެ
ޚަބަރު

ރައްޔިތުންގެ ލޯބި އަންނި ހޯދީ އެތައް ގުރުބާނީއެއްވެގެން: ސައްޕެ

މމުހައްމަދު އަލީ6 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް މިހާރު ވާދަކުރާ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދެވީ އެތައް ގުރުބާނީއެއް ވެގެން ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިކަންކަން މާފަހުން އެމްޑީޕީއަށް އައި މީހުންނަށް ނޭނގި އޮވެދާނޭ ކަމަށެވެ. އެހެންނަމަވެސް އެޕާޓީ ވުޖޫޖުވެ ކުރިއަރާދިޔަގޮތް އެނގޭ މީހުންނަށް މިކަންކަން އެނގޭނޭ ކަމަށް ވިދާޅުވިއެވެ. އެދުވަސްވަރު ރާއްޖޭގައި އޮތީ ލާއިންސާނީ އަނިޔާވެރިކަން ކަމަށާއި އެހެންނަމަވެސް އެ އަނިޔާތަކާ ކުރިމަތިލައި ރައްޔިތުންނަށް ބާރުވެރިކަންހޯދައިދީ "ހައްޤުވާމިންވަރު" ހޯދައި ދިނުމަށް އަންނި އޭރުވެސް ހުންނެވީ ނިކަން ގަދަކޮށް ކަމަށް ސައްޕެ ވިދާޅުވިއެވެ. އަންނި އޭރުވެސް މަސައްކަތްކުރެއްވީ " އެކަކު އަނެކެއްގެ ކިބައިން ހިއްވަރު ހޯދައި، ބިރު ފަހަނައަޅައި،" ގޮސް ރައްޔިތުންނަށް ހައްގުވާ މިންވަރު ކަށަވަރުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރައްޔިތުންނަށްޓަކައި އެ ކޮށްދެއްވި މަސައްކަތުގައި "އެތައް ފަހަރަކު ހިފާހައްޔަރުކޮށް ދަމާކޫތާފައި ގެންގޮސް އަންނި ޗެންޗޭނުތަކުގެ މަތިންވައްޓާލި، ކަމަށް ސައްޕެ ވަނީ ވިދާޅުވެފައެވެ. އެމަންޒަރުގެ ވީޑިއޮތަކާއި ފޮޓޯތައް މިހާރުވެސް ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަންނި "ލޯތްބާއި އިތުބާރު ހޯދީ މިފަދަ އެތައް ޤުރުބާނީއަކުން. ޤުރުބާނީއެއްނެތި ހޯދޭނީ ކޮންއިތުބާރެއްބާ،"؟ ސައްޕެ ސުވާލު ކުރައްވާފައިވެއެވެ. ސައްޕެ ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި އެންމެހާ މެންބަރުން ނުކުމެ އަންނިއަށް ވޯޓުދީ ޗެއަރޕާސަން ކަމަށް އިންތިޚާބު ކުރުމަކީ ރައްޔިތުންނަށް ދެންވެސް އެންމެ ފައިދާބޮޑު ގޮތް ކަމަށެވެ.

ގުޅުންހުރި ޚަބަރު