ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އާއިލާތަކެއް ނިކަމެތިކޮށްގެން ތާއީދެއް އިތުރުނުވާނެ: ފައްޔާޒު
ޚަބަރު

އާއިލާތަކެއް ނިކަމެތިކޮށްގެން ތާއީދެއް އިތުރުނުވާނެ: ފައްޔާޒު

މމުހައްމަދު އަލީ9 ޖޫން 2026
އާއިލާތަކެއް ނިކަމެތިކޮށްގެން ސަރުކާރަށް ތާއީދު އިތުރެއް ނުކުރެވޭނޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވެފައިވަނީ އައްޑޫ ހިތަދޫ އުތުރުދާއިރާގެ މަޖިލިސްގޮނޑި ކާމިޔާބު ކުރި އަބްދުﷲ ސާދިގުގެ ކެންޕޭނުގައި އުޅުނު ސަރުކާރު މުވައްޒަފުން މަގާމުން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. "ދައުލަތުގެ ކުންފުނިތައް މުއިއްޒުގެ ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް އާއިލާތަކެއް ނިކަމެތި ކޮށްގެން ތާއިދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ. ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި އަޅުގަނޑުމެން މި ސަރުކާރު ބަލިކުރާނަން،" ފައްޔާޒު ވިދާޅުވެފައިވަނީ "ޑިމޮކްރަސީ ގަބޫލުނުކުރާ މުއިއްޒުގެ ސަރުކާރުން ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަކިކުރުމަކީ ކަންބޮޑުވުމެއް. އަދި ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ވަނީ މި އަނިޔާވެރި ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައި،" އޭނާ ވިދާޅުވެފައިވަނީ މިއީ ހިތަދޫ އުތުރުދާއިރާގެ މަޖިލިސް ގޮނޑި ސަރުކާރަށް ގެއްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އެގޮތަށް ބަދަލު ހިފާނީ ސަރުކާރަށް "ތާއީދު ގެއްލި ގޮތްހުސްވުމުން،" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު