ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފިޔޯރީ ފައިޒަރު އެމްޑީޕީއަށް: ބުނީ ދޫނި ގްރޫޕް ބަލިކުރާނޭ ކަމަށް
ޚަބަރު

ފިޔޯރީ ފައިޒަރު އެމްޑީޕީއަށް: ބުނީ ދޫނި ގްރޫޕް ބަލިކުރާނޭ ކަމަށް

މމުހައްމަދު އަލީ9 ޖޫން 2026
ގދ. ފިޔޯރީ ކައުންސިލްގެ ކުރީގެ ރައީސް ފައިޒަރު ރަޝީދު އެމްޑީޕީއާ ގުޅިއްޖެއެވެ. ފައިޒަރު އެމްޑީޕީއާ ގުޅުނު ސީދާ ސަބަބެއް ނޭނގެއެވެ. ކުރިން ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ފިޔޯރީ ކައުންސިލްގެ ރައީސަކަށް ހުރެގެން އޭނާ ވަނީ ފިޔޯރީގެ ތަރައްގީއަށް އެތައް މަސައްކަތެއް ކޮށްދީފައެވެ. ރަށުގެ ތަރައްގީއަށްޓަކައި ބުނަންޖެހުނު ކޮންމެ އެއްޗެއް އެއްވެސް ޖެހިލުމެއްނެތި އޭނާ ވަނީ ބުނެފައެވެ. އިދިކޮޅެއް އެއްކޮޅެއް ނުބަލައި ބައްދަލުކުރަންޖެހުނު ކޮންމެ މީހަކާ ބައްދަލުކޮށް ރަށުގެ ތަރައްގީ އަވަސްވާނޭ ގޮތެއް ބެލުމަށް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ޕީއެންސީއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވަފާތެރިކަން ދެއްކި ފައިޒަރު ވަނީ ރައީސް ނަޝީދާއި އުސްތާޛު ފައްޔާޒު އިސްމާއީލް އެންމެ ފަހުން ފިޔޯރިއަށް ކުރެއްވި ދަތުރުގައި ބޭއްވި ހިނގާލުމުގައި އެމްޑީޕީގެ ދިދަ ހިފައިގެން ބައިވެރިވެފައެވެ. މި ހިނގާލުމުގެ ފޮޓޯއާއެކު އެސްއެމްގައި އޭނާ ބުނެފައިވަނީ "ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އާއި އެމްޑީޕީ، ކުރީގެ ޗެއރޕާސަން ފައްޔާޒު އިސްމާޢީލް (ފަޔާ) މިޤައުމަށް ގެންނަވަން އުޅުއްވާ ބޮޑު ބަދަލާ އެކު ގަދަކޮށް މިތިބީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުން މި ނުކުތީ ފިޔޯރީގެ ސިޔާސީ މަސްރަހުގައި ދޫނި ގުރޫޕް ބަލިކުރަން. ތިޔަ ގުރޫޕުން ހީނުކުރައްވާތި ތިޔަހެން ދައްކާ ބިރަކަށް ކޮށްލާ ޖެއްސުމަކަށް ފަހަތަށް އަޅުގަނޑުމެން ޖައްސަލެވޭނެކަމަށް. އިންޝާ اللهً ބޮޑުތަނުން 2028 ގައި ޕީއެންސީގެ ދޫނި ގްރޫޕު، ބާޒް ގުރޫޕުން ބަލި ކުރާނަން،"

ގުޅުންހުރި ޚަބަރު