ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މިއުޅެނީ ޕާޓީއަކަށް ޙައްލުކޮށް ނުދެވުނު ކަންކަން ޙައްލުކުރަން: ޢުމަރު
ޚަބަރު

މިއުޅެނީ ޕާޓީއަކަށް ޙައްލުކޮށް ނުދެވުނު ކަންކަން ޙައްލުކުރަން: ޢުމަރު

މމުހައްމަދު އަލީ10 ޖޫން 2026
ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ހިންގަވަނީ އެމްޑީޕީއާއި ޕީއެންސީ ހިނގާ މަގުންނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އޭގެ ބަދަލުގައި ޢުމަރު ހިންގަވާ މިސްރާބަކީ އެއްވެސް ޕާޓީއަކަށް ޙައްލުކޮށް ނުދެވުނު ކަންކަން ޙައްލުކުރުމުގެ މިސްރާބަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. "އަޅުގަޑު މި ދަތުރުކުރަނީ މުޅިން އާމިސްރާބަކަށެވެ. އެއްވެސް ޕާޓީއަކަށް ޙައްލުކޮށް ނުދެވުނު ކަންކަން ޙައްލުކުރުމަށެވެ." އުމަރު ވިދާޅުވެފައިވެއެވެ. މިހާރު ހިނގަމުންދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެންޕޭނާ ބެހޭ ގޮތުން ޢުމަރު ވިދާޅުވެފައިވަނީ އެމްޑީޕީ އިން "ކިތަންމެ ތަރިއެއް ބޭލިޔަސް" އެއްވެސް ތަފާތެއް ނުފެންނާނޭ ކަމަށެވެ. "ޕީއެންސީ އިން ޅޮސް އުދޯއްޔަށް އެންމެން ލައިގެން ހެއްލިޔަސް ތަފާތެއް ނުފެންނާނެއެވެ. ހަމަ ދެންވެސްވާނީ ކުރިންވެސްވީވަރެވެ." އޭނާ ވިދާޅުވެފައިވެއެވެ. ޢުމަރު ވިދާޅުވީ މިއިން ޕާޓީއެއް ދެންވެސް ވެރިކަމަށް ގެނެސްފި ކަމަށްވާނީ ހުސްވާނީ ތިޖޫރި ކަމަށެވެ. ގެއްލޭނީ އަޚުލާގު ކަމަށްވެސް ވިދާޅުވިއެވެ. ޤައުމުދާނީ ދަރަމުން، ވެރިންގެ ޖީބުތައް ފުރެމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. "މި ދެޕާޓިއަކީ ސުޕަރ މެޖޯރިޓީއާއެކު 5އަހަރު ވެރިކަން ކުރަން ފުރުސަތުލިބުނު ދެޕާޓީއެވެ. އެއިރު ކޮށްނުދެވުނުކަމެއް ދެންކުރާނީ ކިހިނެތްހެއްޔެވެ. އެއިރު ހިންގި ކޮރަޕްޝަން ނުހިންގާކަމަށް ހަދާނީ ކިހިނެތް ހެއްޔެވެ." އޭނާ ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު