ދިވެހި|English 9 ޖުލައި 2026 · 03:55
Top banner
Advertisement
ލޯންޗުގައި ޑިއުޓީގައި ހުއްޓައި ފުލުހަކު ނިޔާވެއްޖެ
ޚަބަރު

ލޯންޗުގައި ޑިއުޓީގައި ހުއްޓައި ފުލުހަކު ނިޔާވެއްޖެ

އއަހުމަދު މުހައްމަދު11 ޖޫން 2026
ރޭ ދަންވަރު ވަގުތެއްގައި "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީ ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެމީހާ ނެތްކަން ޑިއުޓީގައި އޭރު ތިބި އެހެން ފުލުހުންގެ ސަމާލުކަމަށް އައުމުން އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. "މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ވަނީ ފެނިފައެވެ.،" ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާގެ ހަށިގަނޑު މޫދު އަޑިން ނަގައިގެން ގެންދިޔައީ އއ. މަތިވެރީ ސިއްހީ މަރުކަޒަށެވެ. އެތަނަށް ގެންދިޔައިރުވެސް ފުލުސް މީހާ ވަނީ ނިޔާވެފައި ކަމަށް ސިއްހީމަރުކަޒުން މައުލޫމާތުދިން ކަމަށް ފުލުހުން ވިދާޅުވިއެވެ. "މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ،" ފުލުހުން ވިދާޅުވެފައިވެއެވެ. މި މަސައްކަތުގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނިޔާވެފައިވަނީ ސީނިއަރ ސާޖެންޓް އަޙުމަދު އާސިފެވެ. އާސީފު ނިޔާ ވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު