ދިވެހި|English 9 ޖުލައި 2026 · 03:55
Top banner
Advertisement
"މިއީ ތިޔަބައިމީހުންގެ އަނިޔާވެރި ޖައްބާރު ވެރިން އުފައްދާ ގޮތެވެ."
ރިޕޯޓް

"މިއީ ތިޔަބައިމީހުންގެ އަނިޔާވެރި ޖައްބާރު ވެރިން އުފައްދާ ގޮތެވެ."

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ12 ޖޫން 2026
ބޮސްނިއާގެ ރައީސް ޢަލީޖާ ޢިއްޒަތުބެގޮވިޗް އާންމުކޮށް މިސްކިތަށް ވަޑައިގެން ނަމާދަށް ހުންނަވަނީ އެންމެ ކުރީ ސަފުގައެވެ. އަދި ކުރީ ސަފުން ޖާގަ ލިބިވަޑައިގަންނަވާނޭ ވަގުތު އޮތްވާ، އަބަދުވެސް މިސްކިތަށް ވަޑައިގަތުމަކީ، އޭނާގެ އާދަފުޅެކެވެ. އެކަމަކު، އެއް ދުވަހަކު ހުކުރު ނަމާދަށް ވަޑައިގެންނެވުނީ ތަންކޮޅެއް ލަހުންނެވެ. އަދި މިސްކިތް އޮތީ ޖަމާޢަތަށް ހާޒިރުވި މީހުންނާއިގެން ފުރިބާރުވެފައެވެ. އެދުވަހު، އޭނާ މިސްކިތަށް ވަޑައިގަތުމުން، ޖަމާޢަތަށް ހާޒިރުވެފައި ތިބި މީހުން، ފުރަތަމަ ސަފުން އޭނާއަށް ޖާގަ ދެއްވައި، ފުރަތަމަ ސަފާ ހިސާބަށް ވަޑައިގެންނެވޭ ގޮތަށް ޖާގަ ހުސްކޮށް ތަން ދެއްކެވިއެވެ. އެކަމަކު، އެއީ ޢަލީޖާ ޢިއްޒަތުބެގޮވިޗް ބޭނުންފުޅުވާ ގޮތެއް ނޫނެވެ. އެހެންކަމުން ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ޖަމާޢަތަށް ހާޒިރުވެ ތިބި މީސްތަކުންނާ ދިމާއަށް އެނބުރި ވަޑައިގެން އޭނާގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ. "މިއީ ތިޔަބައިމީހުންގެ އަނިޔާވެރި ޖައްބާރު ވެރިން އުފައްދާ ގޮތެވެ."

ގުޅުންހުރި ޚަބަރު