ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައީސް ނަޝީދަށް މީކާއިލް މަރުޙަބާ ވިދާޅުވެއްޖެ
ޚަބަރު

ރައީސް ނަޝީދަށް މީކާއިލް މަރުޙަބާ ވިދާޅުވެއްޖެ

މމުހައްމަދު އަލީ13 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަން އިންތިކާމުގައި ރައީސް މުޙައްމަދު ނަޝީދު ހޯއްދެވީ ކާމިޔާބީ ފާހަގަކޮށް އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފި ކަމަށް ނަޝީދާ ވާދަ ކުރެއްވި ކެންޑިޑޭޓު މީކާއިލް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއް މީކާއިލް ވިދާޅުވެފައިވަނީ "އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން،" ކަމަށެވެ. މީކާއިލް ވިދާޅުވެފައިވަނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވައި 2028 ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރައްވާނޭ ކަމަށެވެ. "ޕާޓީގެ އާންމު މެންބަރުންނާ އެކު ދެމިހުންނާނަން،" އޭނާ ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 10:30 ގައި ޚާއްސަ ހަރަކާތެއް އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ޚަބަރު