ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
މީކާއީލްގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް: ރައީސް ސާލިހު
ޚަބަރު

މީކާއީލްގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް: ރައީސް ސާލިހު

މމުހައްމަދު އަލީ13 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މީކާއީލް ނަސީމްގެ ސިޔާސީ މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "އަނެއްކާ ވެސް އެމްޑީޕީ އިން ފެނިގެން މިދިޔައީ ޕާޓީ ގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަ ވަމުން އަންނަތަން،" ކަމަށެވެ. ޕާޓީ އާގެން ކުރިއަށް ދާންވާނީ އެންމެން އެކީގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޗެއަރޕާސަންގެ އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރައްވައިގެން މީކާއީލަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ ބައްތިރީސް ޕަސެންޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ އަށުހައްޓި ޕަސެންޓެވެ.

ގުޅުންހުރި ޚަބަރު