ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ދެހާސް އަށާވީހަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފައިސަލް
ޚަބަރު

ދެހާސް އަށާވީހަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފައިސަލް

މމުހައްމަދު އަލީ14 ޖޫން 2026
އެމްޑީޕީ އަކީ ކުރިއަށްއޮތްތަނުގައި ވެސް ރާއްޖެ އަށް ހެޔޮ ބަދަލު ތަކެއް ގެނެސްދޭނޭ އަދި ރައްޔިތުންނަށް ހަމަޖެހުން ހޯދައިދޭނެ ޕާޓީ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވެފައިވަނީ "އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން،" ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެމްޑީޕީ ވަރުގަދަވެ، ޕާޓީގެ ޙަރަކާތްތެރިކަން އިތުރުވެ އަދި 2028 އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު