ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
މީދޫ ރައީސްގެ ގޮނޑި ޕީއެންސީއަށް
ޚަބަރު

މީދޫ ރައީސްގެ ގޮނޑި ޕީއެންސީއަށް

މމުހައްމަދު އަލީ14 ޖޫން 2026
މިއަދު ކުރިއަށް ގެންދިޔަ ދ. މީދޫ ކައުންސިލަށް ރައީސަކު ހޮވުމުގެ އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރައްވައިފިއެވެ. ސުހާއާ ވާދަކުރީ އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. ސުހާ އިންތިޚާބު ކާމިޔާބު ކުރެއްވީ 529 ވޯޓު ހޯދައިގެންނެވެ. ޝާހިދަށް ލިބުނީ 439 ވޯޓެވެ. ސުހާ މިއިންތިޚާބު ކާމިޔާބު ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ  އަދި ޕީއެންސީގެ ލީޑަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުހާއަށް މަރުޙަބާ ވިދާޅުވުމުގެ އިތުރުން އޭނާއަށް ވޯޓު ދެއްވީ އެންމެހާ ރައްޔިތުންނާއި ކެންޕޭން ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މިއަދު ބޭއްވި އިންތިޚާބަކީ ނިމިދިޔަ ކައުންސިލް އިންތިކާބުގައި ވޯޓު ގުނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން އެ ވޯޓު ބާތިލުކުރުމަށްފަހު އަލުން ބޭއްވި ބުރެކެވެ. މިއަދުގެ ކާމިޔާބީއަށްފަހު އެރަށު ކައުންސިލްގެ ހުރިހާ ގޮނޑިއެއްވެސް ވަނީ ޕީއެންސީއަށް ލިބިފައެވެ.  

ގުޅުންހުރި ޚަބަރު