ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ވަތަނީ ޚިދުމަތުގެ ދަރިވަރުންނަށް ރައީސްގެ މަރުޙަބާ
ޚަބަރު

ވަތަނީ ޚިދުމަތުގެ ދަރިވަރުންނަށް ރައީސްގެ މަރުޙަބާ

މމުހައްމަދު އަލީ14 ޖޫން 2026
ވަތަނީ ޚިދުމަތުގެ ކޯހުން އެކި ވަނަތަށް ޙާޞިލް ކުރި އެންމެހާ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވަނީ މީގެ ތެރެއން ސިފައިންގެ މަތިވެރި ޚިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ދަންނަވައިފައެވެ. ވަތަނީ ޚިދުމަތުގެ ތެރެއިން ސިފައިންގެ ޚިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގުނު 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން ރާއްޖޭ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ދަސްވެނިވެފައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މިއީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރޭމެކެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ތަމްރީނު ގެ އެންމެ ފުރަތަމަ ބެޗު ނިންމާ، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުސަތުގައި އެކިދާއިރާތަކަށް ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ.

ގުޅުންހުރި ޚަބަރު