ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަޅުގަޑުގެ ކުރިމަތީގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނެ: ރައީސް
ޚަބަރު

އަޅުގަޑުގެ ކުރިމަތީގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނެ: ރައީސް

މމުހައްމަދު އަލީ15 ޖޫން 2026
ރާއްޖެއިން ކުރީން ފެނިގެން ދިޔައީ ކޮރަޕްޝަނުގެ އަމަލެއް ހިންގައިފިއްޔާ އެމީހަކު ހިމާޔަތް ކުރަން އުޅުނުތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދ. މީދޫ ކައުންސިލް އިންތިޚާބުގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބުމުގެ އުފަލުގައި އެރަށުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަން ކުރިން އެހެން އޮތްނަމަވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނޭ ކަމަށެވެ. އެފަދަ އަމަލެއް ހިންގައިފި ކަމަށްވާނަމަ އެ މީހަކާ ނުވަތަ އެބަޔަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސިޔާސަތުގެ ދަށުން ޕީއެންސީވަނީ އެންމެ ކުރުމުއްދަތުގައި ރައްޔިތުންގެ ތާއިދު އެންމެބޮޑަށް ހޯދި ޕާޓީއަށްވެފައި ކަމަށެވެ. ޕީއެންސީގެ ފިކުރަކީ ނުގުޑާނޭ ފިކުރެއް ކަމަށާއި އެ ފިކުރުދާނީ ވަރުގަދަވަމުން ކަމަށް ރައީސް ވިދާޅވިއެވެ. ރައީސް ވިދާޅުވީ ޕީއެންސީގެ ފިކުރަކީ މާތްވެގެންވާ އިސްލާމްދީނަށް ނަސްރު ދިނުމުގެ ފިކުރުކަމަށެވެ. އެކަން އަމަލީގޮތުން ތަންފީޒު ކޮށް ގައުމާއި ރައްޔިތުންނަށް ހުރިހާ މާނައެއްގައި ރައްކާތެރިކަން ހޯދައިދިނުމުގެ ސިޔާސަތު ތަންފީޒު ކުރައްވާނޭ  ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސިޔާސަތު މާޒީގައިވެސް އަދި މިހާރުވެސް އެމަނިކުފާނު ދައްކަވަމުން ގެންދަވާތަން ރައްޔިތުންނަށް ފެންނާނޭ ކަމަށް  ވިދާޅުވިއެވެ. ނިމިދިޔަ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ އެސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުން ބޮޑުބައެއް ދޫކޮށްލާފައި ކަމަށެވެ. އެހެންނަމަވެސް ދޫކޮށްލި ބައި އަލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތަކީ ޚަރަދު ބޮޑު ކަމަކަށްވިޔަސް ގައުމުގެ ޙައްގުގައި އެކަންކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރައްޔިތުންނަށް އެންމެ ފައިދާހުރި ސިޔާސަތު ކަމަށެވެ. ސަރުކާރުން ކުރިއަށްދާނީ އެކަން ބަލައި އެގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިސަރުކާރުން ޚާރިޖީ ގުޅުން ނުބާއްވާނީ އިސްރާއީލާ އެކަނި ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން އެއްވެސް ކުށަކާ ނުލައި ޝަހީދު ކުރަމުންދާތީ މިސަރުކާރުން ވަނީ އިސްރާއީލް ޕާސްޕޯޓު ރާއްޖޭގައި މަނާ ކޮށްފައެވެ.  

ގުޅުންހުރި ޚަބަރު