ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފިނޭ ޕޮލިސްސްޓޭޝަން އައު އިމާރާތް ހުޅުވައިފި
ޚަބަރު

ފިނޭ ޕޮލިސްސްޓޭޝަން އައު އިމާރާތް ހުޅުވައިފި

ހިރި ނިއުސްހިރި ނިއުސް15 ޖޫން 2026
ހދ. ފިނޭގައި ފުލުހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެރަށުގައި ބިނާކުރި ފުލުހުންގެ މަރުކަޒުގެ އިމާރާތް ރަސްމީކޮށް ހުޅުވައިފައެވެ. މިއަދު ފިނޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޢަލީ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ފިނޭ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅާފައިވަނީ 2025 އޯގަސްޓް 28 ވަނަ ދުވަހުއެވެ. ހދ. ފިނޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރެވުމަކީ އެ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފުލުހުންގެ ޚިދުމަތް ލިބިގެންދިއުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ސްޓޭޝަން ހުޅުވިގެން ދިއުމާއެކު، ހދ. ފިނޭގައި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދެވި، ފިނޭގެ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު