ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
އައްޑޫ ތަރައްގީއާ ބެހޭގޮތުން ބީއެމްއެލްއާ މަޝްވަރާ ކޮށްފި
ޚަބަރު

އައްޑޫ ތަރައްގީއާ ބެހޭގޮތުން ބީއެމްއެލްއާ މަޝްވަރާ ކޮށްފި

މމުހައްމަދު އަލީ21 ޖޫން 2026
އައްޑޫ ސިޓީގެ ތަރައްޤީއަށް މަގުފަހިވާނެ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން އައްޑޫ ސިޓީކައުންސިލާއި ބޭންކުއޮފް މޯލްޑިވްސް (ބީއެމްއެލް)  މަޝްވަރާ ކޮށްފިއެވެ. މި ބައްދަލުގައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައެވެ. މި މަޝްވަރާ ކުރީ އައްޑޫ ސިޓީ ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސްއާއެކު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ އައްޑޫ ބްރާންޗްގެ އިސް ބޭފުޅުން ވަނީ މޭޔަރު ޢަލީ ނިޒާރަށާއި އަލަށް ހޮވުނު ކައުންސިލް މެންބަރުންނަށް ތަޢާރަފްވެ، އެބޭފުޅުންނަށް މަރުޙަބާ ދަންނަވާފައި ކަމަށް ކައުންސިލުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު