ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ބަނގުރަލުގެ ވިޔަފާރިކުރި ދެމީހުން ހައްޔަރުކޮށްފި
ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރި ދެމީހުން ހައްޔަރުކޮށްފި

އއަހުމަދު މުހައްމަދު5 އޮކްޓޯބަރު 2024
ބަނގުރާގެ ވިޔަފާރިކުރަމުންދިޔަ ދެމީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ ދެމީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ ފޭސް 3 އިން ކަމަށެވެ. ފުލުހުން ވިދާޅުވީ އެމީހުން އަތުލައި ގަތީ، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 3 ގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެއީ ބަނގުލަދޭޝް ދެ ފިރިހެނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕަރަން ދާސް (49އ) އަދި އަލް އަމީން (30އ) އެވެ. ރޭ ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް ތިނެއްގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު 324 ދަޅު ބަނގުރާ، 378 ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނިފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ޚަބަރު