ދިވެހި|English 9 ޖުލައި 2026 · 02:27
Top banner
Advertisement
އެމްކިއުއޭއިން ފިޔަވަޅުއެޅީ އެއްވެސް މަޢުލޫމާތެއް ނުހޯދައި: އެވިޑް
ޚަބަރު

އެމްކިއުއޭއިން ފިޔަވަޅުއެޅީ އެއްވެސް މަޢުލޫމާތެއް ނުހޯދައި: އެވިޑް

މމުހައްމަދު އަލީ26 ޖޫން 2026
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އުސޫލަކާ އެވިޑް ކޮލެޖުން ޚިލާފުވެގެން އެކޮލެޖާމެދު ފިޔަވަޅު އަޅާފައިވަނީ އެކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ނުހޯދާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ. އެ ކޮލެޖުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޚިލާފުވި ކަމަށް ބުނެފައިވާ އުސޫލު ވުޖޫދުވެފައިވަނީ ސެޕްޓެމްބަރު 2025 ގައި ކަމަށެވެ. އެއީ އެމްކިއުއޭއީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ އުސޫލު ކަމަށްވެސް ބުނެފައިވެއެވެ. "މިއުސޫލުގެ  ދަށުން އެމްކިއުއޭއިން ވަނީ 18 ޖޫން 2026 ވަނަ ދުވަހު އެވިޑުކޮލެޖަށް ތައުދީބީ ފިޔަވަޅު އަޅުއްވާފައެވެ. އަދި އޭގެފަހުން ވަނީ އާންމުކޮށް އެކަން އިއުލާނުވެސް ކުރައްވާފައެވެ. މިކަން މިގޮތަށް ކުރެއްވިއިރު އެވިޑުކޮލެޖާ އެއްވެސް ވަރަކަށް ހިއްސާކޮށް މައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހޯއްދަވާފައެއް ނުވެއެވެ. އަދި ކަންހިނގާފައިވާ ގޮތް ސާފުކުރުމަށްޓަކައި އެއްވެސް ސުވާލެއްވެސް ކުރައްވާފައެއް ނުވެއެވެ." އެބަޔާނުގައި ބުނެފައިވެއެވެ. މި ފިޔަވަޅު އެޅުމުން އެވިޑުކޮލެޖުން އެކަން ސިފަކޮށްފައިވަނީ  އެއީ އެ ކޮލެޖާމެދު ރައްޔިތުންގެ ހިތްތަކުގައިއޮތް އިތުބާރާއި ޔަގީންކަން ގެއްލުވާލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ. މިއީ އެ ކޮލެޖުގެ ރީތިނަން ކިލަނބުކޮށްލުމަށް ހިންގާފައިވާ އަދާލަތުގެ  ހަމަތަކާއި ޚިލާފު ޢަމަލެއް ކަމަށްވެސް ބުނެފައިވެއެވެ. އެމްކިއުއޭގެ ފިޔަވަޅާ ގުޅިގެން އެވިޑްކޮލެޖުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ 10 ސެޕްޓެމްބަރު 2025 ގެ ފަހުން އެވިޑްކޮލެޖުން ބައިނަލްއަގުވާމީ ތަޢުލީމީ މުޢައްސަސާތައް މެދުވެރިކޮށް އެއްވެސް ކޯހެއް ހިނގާފައިނުވާނޭ ކަމަށެވެ. "އަދި މިތާރީޚުގައި އެ އުސޫލު ގެޒެޓު ކުރުމާ ގުޅިގެން އެ އުސޫލާ ޚިލާފުވާގޮތަށް އެއްވެސް މުއާމަލާތެއް ނުކުރެވޭނޭ ކަމަށްވެސް އެވިޑުކޮލެޖުންވާނީ އެ ބައިނަލްއަޤުވާމީ ތަޢުލީމީ މުއައްސަސާތަކަށް އަންގައި އެމްކިއުއޭގެ ސަމާލުކަމަށްވެސް ގެނެސްފައެވެ." އެބަޔާނުގައިވެއެވެ. އެއްވެސް މީހަކަށް އަދަބެއް ކަނޑައެޅޭނީ ޤާނޫނީ އިމުގެ ތެރެއިން އެފަދަ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ވުޖޫދު ކުރެވިގެން ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުތަކުން އެނގެން އޮންނަ ކަމަށާއި "އެމްކިއުއޭގެ މިދެންނެވި އުސޫލަށް ފަހު އެފަދަ ކަމެއްކޮށްފައި ނުވާއިރު އެއަށް އަދަބު ދިނުމަކީ "ޕްރިސަމްޝަން އޮފް އިނޮސަންސް" މަބްދައުއާއި ޚިލާފުކަމެއް ކަމުގައި މިފުރުސަތުގައި ދަންނަވަމެވެ. އަދި މި ޙަގީގަތްތައް އެންމެންނަށް ހާމަވާނޭހެން މިނޫސްބަޔާން މެދުވެރިކޮށް ބަޔާން ކުރަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ. އެވިޑުކޮލެޖުން ބުނެފައިވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އެ ކޮލެޖުން ވަނީ ބައިނަލްއަގުވާމީ ތަޢުލީމީ މުއައްސަސާތަކާއެކު ޢިލްމީ އެތައް ގުޅުންތަކެއް ގާއިމް ކޮށްފައި ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ހިއްސާ ކޮށްފައިވާނޭ ކަމަށްވެސް އެވިޑު ކޮލެޖުން ވަނީ ބުނެފައެވެ. އެމްކިއުއޭގެ އެއްވެސް އުސޫލަކާ ޚިލާފު ވެފައިނުވާނޭ ކަމަށާއި "21 ޖޫން 2026 ވީ އާދީއްތަ ދުވަހު އެމްކިއުއޭ އިން ނެރެފައިވާ ނޫސްބަޔާނުގައި އެވިޑު ކޮލެޖަށް ކޮށްފައިވާ ތުހުމަތު ތަކަކީ ޙަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު