ދިވެހި|English 9 ޖުލައި 2026 · 02:27
Top banner
Advertisement
ޚާއްސަ ޔުނިޓުތައް އުފެއްދުމަކީ ކުރިއެރުމެއް ނޫން: ޝާހިދު
ޚަބަރު

ޚާއްސަ ޔުނިޓުތައް އުފެއްދުމަކީ ކުރިއެރުމެއް ނޫން: ޝާހިދު

މމުހައްމަދު އަލީ30 ޖޫން 2026
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި "ޚާއްސަ ޔުނިޓެއް" އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެކަން އެގޮތަށް ރުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް އަމިއްލައަށް އިޢުތިރާފުވުން ކަމަށެވެ. ޝާހިދު މިހެން ވިދާޅުވީ މަޝްރޫއުތައް އަވަސް ކުރުމަށް ކޮންމެ މިނިސްޓްރީއެއްގައި ޚާއްސަ ޔުނިޓެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެންނެވެ. "މަޝްރޫއުތައް ބަލާނެ ފަރާތްތަކާއި އެމަސައްކަތް ކުރާނެ ފަރާތްތައް މިހާރުވެސް ނިޒާމުގައި އެބަތިބި. މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް އަދި އަމާޒެއް ނެތުން. ކުރަން މިއުޅޭހާވެސް ކަމަކީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުން،" ޝާހިދު ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން ކަމަށެވެ. "ރައްޔިތުން ބޭނުންވަނީ މަޝްރޫއުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވަޢުދުތައް ފުދުން،" އޭނާ ވިދާޅުވެފައިވެއެވެ. އޭވަނީ "މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ ސަރުކާރުން" ކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ކުރައްވާފައެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި "ޚާއްސަ ޔުނިޓެއް" އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެކަން އެގޮތަށް ކުރުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް އަމިއްލައަށް އިޢުތިރާފުވުން ކަމަށެވެ. ޝާހިދު މިހެން ވިދާޅުވީ މަޝްރޫއުތައް އަވަސް ކުރުމަށް ކޮންމެ މިނިސްޓްރީއެއްގައި ޚާއްސަ ޔުނިޓެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެންނެވެ. "މަޝްރޫއުތައް ބަލާނެ ފަރާތްތަކާއި އެމަސައްކަތް ކުރާނެ ފަރާތްތައް މިހާރުވެސް ނިޒާމުގައި އެބަތިބި. މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް އަދި އަމާޒެއް ނެތުން. ކުރަން މިއުޅޭހާވެސް ކަމަކީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުން،" ޝާހިދު ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން ކަމަށެވެ. "ރައްޔިތުން ބޭނުންވަނީ މަޝްރޫއުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވަޢުދުތައް ފުދުން،" އޭނާ ވިދާޅުވެފައިވެއެވެ. އޭވަނީ "މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ ސަރުކާރުން" ކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ކުރައްވާފައެވެ.

ގުޅުންހުރި ޚަބަރު