ދިވެހި|English 9 ޖުލައި 2026 · 02:27
Top banner
Advertisement
ރާއްޖެއިން ފަލަސްތީނަށް ފަންސާސް ހާސް ޑޮލަރު ހަދިޔަކުރަނީ
ޚަބަރު

ރާއްޖެއިން ފަލަސްތީނަށް ފަންސާސް ހާސް ޑޮލަރު ހަދިޔަކުރަނީ

މމުހައްމަދު އަލީ2 ޖުލައި 2026
ރާއްޖެއިން ފަލަސްތީނަށް ފަންސާސް ހާސް ޑޮލަރު ހަދިޔަކުރަން ހަމަޖެހިފައިވާ ކަމަށް ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ. ދާއިމީ މަންދޫބު މިކަން ހާމަކުރެއްވީ އ.ދ.ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައެވެ. އެފައިސާ ފަލަސްތީނަށް ހަދިޔާ ކުރައްވާނީ އަންރުވާ މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވިއެވެ. ޑރ. ޢަލީ ނަސީރު ވިދާޅުވީ އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫންކަމަށެވެ. އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއްކަމުގައި މަންދޫބު ވިދާޅުވިއެވެ. ދާއިމީ މަންދޫބު ވިދާޅުވީ އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. ފައެވެ. ދާއިމީ މަންދޫބު ވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ތިއްބެވީ ފަލަސްޠީނުގެ ރައްޔިތުންނާއެކުކަމަށް ވިދާޅުވެ އެގައުމުގެ ރައްޔިތުންނަށް ހިތްވަރު ދެއްވާފައެވެ. 2024 ވަނަ އަހަރުވެސް ދިވެހިރާއްޖެއިން ވަނީ އަންރުވާއަށް އެހީ ގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ.  

ގުޅުންހުރި ޚަބަރު