ދިވެހި|English 9 ޖުލައި 2026 · 02:26
Top banner
Advertisement
މާރާމާރީ ހިންގަން އުޅޭކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރު ކޮށްފި
ޚަބަރު

މާރާމާރީ ހިންގަން އުޅޭކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ4 ޖުލައި 2026
މާލާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރު ކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގައެވެ. ​"މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ​30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި ​23 އަހަރުގެ ދިވެހި ފިރިހެނަކާއި ​21 އަހަރުގެ ދިވެހި ފިރިހެނަކާއި ​34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން ​32 އަހަރުގެ ދިވެހި ފިރިހެނެކެވެ." ޖުލައި 2 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ އެ މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 4 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ބާކީ ތިބި 2 މީހަކު ޝަރުތު ތަކާ އެކު ކޯޓުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މާރާމާރީ

ގުޅުންހުރި ޚަބަރު