ދިވެހި|English 9 ޖުލައި 2026 · 02:27
Top banner
Advertisement
ބޮޑެތި ކުށްކުރުމަށް ބޭނުންވާ ފައިސާ ހޯދަނީ މަތުވާތަކެތީގެ ވިޔަފާރީން: އިހްސާން
ޚަބަރު

ބޮޑެތި ކުށްކުރުމަށް ބޭނުންވާ ފައިސާ ހޯދަނީ މަތުވާތަކެތީގެ ވިޔަފާރީން: އިހްސާން

މމުހައްމަދު އަލީ4 ޖުލައި 2026
މުޅި މުޖުތަމައުގައި ހިންގާ އޮގަނައިޒްޑް ކްރައިމް ނުވަތަ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ބޭނުންވާ ފަންޑު ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ ސަބަބުން ވަކިވަކި ފަރުދުންގެ މުޅި ހަޔާތް ބަރުބާދުވެ، އާއިލާތަކުގެ ތެރޭގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އެހެން ކަމުން  މި ވަބާއިން ގައުމު ސަލާމަތްކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ މުހިންމު ގައުމީ މިޝަން ކާމިޔާބުކަމާއެކު ނިންމުމަށް މިނިސްޓަރ ވަނީ ފުލުހުންނަށް ގޮވާލައްވައިފައެވެ. "ދިވެހި ފުލުހުންނާ އަޅުގަނޑުމެން ޙަވާލުކޮށްފައިވާނެ އެންމެ ވަރުގަދަ، އެންމެ އަޒުމް ވަރުގަދަކޮށް ހިފަހައްޓަންޖެހޭ، އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަންޖެހޭ މިޝަނަކީ މި ޑްރަގުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުން."  މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިޙްސާން ވިދާޅުވީ މިއީ އުދަގޫ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުން ފަޚުރުވެރިވާފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށް ވިދާޅުވިއެވެ. އަދި އަލަށް ސަފުތަކާ ގުޅުނު ފުލުހުންނާއެކު ކުރެވޭ ބުރަ މަސައްކަތުން، މި ހިނގާ ރިޔާސީ ދައުރުގެ ބާކީއޮތް ދެ އަހަރާއި ބައިގެ ތެރޭގައި މި މައްސަލައަށް ދިވެހި ރައްޔިތުން އެދޭފަދަ ދާއިމީ ހައްލެއް ހޯދައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވައިފައެވެ.    

ގުޅުންހުރި ޚަބަރު