ދިވެހި|English 9 ޖުލައި 2026 · 03:57
Top banner
Advertisement
އެމްޑީޕީ ދޫކުރައްވާފައި ރައީސް ނަޝީދު ވަޑައިނުގަންނަވާނެ: ފައްޔާޒު
ޚަބަރު

އެމްޑީޕީ ދޫކުރައްވާފައި ރައީސް ނަޝީދު ވަޑައިނުގަންނަވާނެ: ފައްޔާޒު

ޟޟަމްރަތު އަހްމަދު5 ޖުލައި 2026
އެމްޑީޕީ ދޫކުރައްވާފައި ރައީސް ނަޝީދު ދެން ވަޑައިގަންނަވާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ އަދިވެސް ރައީސް ނަޝީދު ޕާޓީ ދޫކުރައްވާފައި ވަޑައިގަންނަވައިފާނޭ ކަމަށް ޕާޓީގެ ބައެއް މެންބަރުންގެ ހިތުގައި ޝައްކުތަކެއް އުފެދިފައިވާ ވަގުތެއްގައެވެ. "އަޅުގަނޑަކަށް އެހެން އިންސާނެއްގެ ފަރާތުން ޔަގީން ކަމެއްނުދެވޭނެ. އަޅުގަނޑަށް އެއްޗެއް ދެންނެވޭނީ ކަންކަން ހިނގާމަގާއި ކަންކަން ނިއުޅެމުންދާ ގޮތާއި މިކަންކަމުގައި އަޅުގަނޑަށްޖެހޭ ހިސާބެއްގެ މައްޗަށް ބިނާކޮށް. އެހެންވީމާ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެފަދަ ހާލަތެއް ދެން އަތުވެދާނޭ ކަމަށް،" ފައްޔާޒު ވިދާޅުވިއެވެ. ޕާޓީ ދޫކުރައްވާފައި ރައީސް ނަޝީދު ވަޑައިގެންނެވި ވާހަކަ މެންބަރުން ދައްކަނީ އެފަދަ ކަމެއް ހިނގައިފައިވާތީ ކަމަށާއި، "އެހެންނަމަވެސް އެކަންތައްތައް ހިނގައިގެންދިޔަ ބައިވަރު ސަބަބުތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކައިފިން،" އޭނާ ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވުމުން އޮތް ރަނގަޅަކީ ތަޖުރިބާތަކެއް ކުރަން ފުރުސަތު ލިބުން ކަމަށެވެ. "މިކަމުގައި އޮތް ރަނގަޅަކީ ވަރަށްގިނަ މީހުންނަށް ތަޖުރިބާތަކެއް ކުރެވުން. އެހެންވީމާ މިއީ މިކަހަލަ ހާލަތްތަކުގައި ވިސްނުންތެރިކަމާއެކު ކަންކަން ކުރުމަށް އެންމެންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އަޅުގަނޑު ދެކެނީ. އެކަހަލަ ކަމަކަށް ޖާގަދެވުނީމާ މިލިބުނު ގެއްލުންތައް އެންމެންނަށް ވެސް އެބަފެނޭ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ވިޔަސް އަދި އެހެން ބޭފުޅަކު ވިޔަސް ދެން އެކަހަލަ ހާލަތެއް އުފަންވިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ދިމާނުވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ސިޔާސީ ކަންކަމާއި އިންސާނުން މުސްތަގުބަލުގައި ކޮށްފާނޭ ކަންކަން ބުނަން ނޭނގޭނޭ ކަމަށެވެ. އެކަމަކު "އަޅުގަނޑަށް ނުފެނޭ އެމްޑީޕީއަށް އަސަރުކުރާނޭ ވަރުގެ ބައިބައިވުމެއް ދެން އަންނާނޭ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު