ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ
ޚަބަރު

ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

އއަހުމަދު މުހައްމަދު6 އޮކްޓޯބަރު 2024
ސައުތުޕާމް މޯލްޑިވްސް ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މިއަދު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އިނގިރޭސި ވިލާތުގެ ފިރިހެނެކެވެ. މީހާރު އޭނާވަނީ އައްޑޫ ސިޓީ މީދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. ވިއްސަކަށް މިނިޓު ޑޮކްޓަރ ބެއްލެވުމަށްފަހު ވަނީ މަރުވެފައި ކަމަށް ނިންމައިފައެވެ. އިތުރަށް ބެލުމަށްޓަކައި ހިތަދުއަށް ގެންދިއުމުގެ މަސައްކަތް ރިސޯޓުގެ ފަރާތުން މިވަގިތު ދަނީ ކުރަމުންނެވެ. ހިތަދުއަށް ގެންދަނީ މޯޗަރީވެސް އެރަށުގައި ހުރުމާއެކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. "ސްނޯކްލިންއަށް ދިޔައީ ނުވަވަރަކަށް މީހުންނާއެކު. ސްނޯކްލިންގައި އުޅެފައި އަމިއްލައަށް ދޯންނާ ހަމައަށް އައުމަށް މަސައްކަތްކުރި. އެހީއަށް އެދުމުން ދޯންޏާ ހަމައަށް އައީ އެހެން މީހުންގެ އެހީތެރިކަމާއެކު. ދޯންޏަށް ނެގިއިރު އަނގައިން ފޮނުއައިސްފައި ހުރީ. އަވަހަށް ދޯންޏަށް ނަގައިގެން ސީޕީއާރު ދިނުމަށްފަހު ފަނަރަ ނުވަތަ ވިއްސަކަށް މިނިޓު ތެރޭގައި މީދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ. ގެންދިއުމުން ޑޮކްޓަރު ބަލާފައި ބުނީ މަރުވެފައި ކަމަށް،" އެރިސޯޓުގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ. މިމީހާއަކީ ގާތްގަނޑަކަށް ފަސްދޮޅަހަކަށް އަހަރުގެ މީހެއްކެވެ. އޭނާ ޗުއްޓީއަށް އައިސްގެން އުޅުނީ އެންހެނުންނާ ވެސް އެކުގައެވެ.

ގުޅުންހުރި ޚަބަރު