ދިވެހި|English 9 ޖުލައި 2026 · 02:27
Top banner
Advertisement
މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް ދުވަހުން ދުވަހަށް މަޢުލޫމާތުދެން: މާލެސިޓީ ކައުންސިލް
ޚަބަރު

މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް ދުވަހުން ދުވަހަށް މަޢުލޫމާތުދެން: މާލެސިޓީ ކައުންސިލް

ހިރި ނިއުސްހިރި ނިއުސް8 ޖުލައި 2026
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގާނޫނުގެ ދަށުން (އާރުޓީއައި) މެދުވެރިކޮށް މަޢުލޫމާތު ހޯދަން އެދޭ ފަރާތްތަކަށް، ޚާއްޞަ އިސްކަމެއް ދީގެން، ދުވަހުން ދުވަހަށް ފުރިހަމައަށް މަޢުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް، މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީކައުންސިލްގެ މޭޔަރުކަމުގެ މަޤާމާ މި ހާރުގެ މޭޔަރ އާދަމް ޢާޒިމް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން، ކޮންމެ ހަފުތާއެއްގައި ބާއްވާ ވެރިންގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ފުރަތަމަ ނަމްބަރަކަށް އޮންނީ އާރުޓީއައި މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށް އެދިފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ކުރެވިފައިވާ މަސައްކަތް ކަމަށް ވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް ގޮސްފައިވާ ހިސާބު ވެރިންގެ ބައްދަލުވުމަށް ހުށަހަޅަނީ ވެސް، އެ ކަމަށް ޚާއްޞަ ކޮށްފައިވާ ކައުންސިލްގެ މުއައްޒަފުން ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ބޭފުޅުން އެ މަޢުލޫމާތު ހުށަހެޅުމުން، ލީގަލް ސެކްޝަނުން އެ މަޢުލޫމާތު ފޯރުކޮށް ދިނުމަށް ކުރައްވައިފައިވާ މަސައްކަތް ވެރިންގެ ބައްދަލުވުމަށް ހުށަހަޅުއްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ލީގަލް ސެކްޝަނުގެ ހުށަހެޅުމަށް ބަލައި، އަރުޓީއައިއަށް ހުށަހެޅިފައިވާ ފޯމުތަކުގެ މަޢުލޫމާތު ވީހައި އަވަހަށް ދިނުމަށް ނިންމައެވެ. މީ ކޮންމެ ހަފުތާއެއްގައި މި ކަން ހިނގަމުންދާގޮތްކަން، މި ކައުންސިލްގެ ރެކޯޑްތަކުން ފެންނަން ހުންނާނޭ ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 7 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ، އޮންލައިން ނޫސް އަދަދަށް ކައުންސިލާ ގުޅޭ ގޮތުން މައުލޫމާތު ދީފައި ވަނީ ކައުންސިލްގެ މުއައްޒަފަކު، އޭނާގެ އަމިއްލަ ހައިސިއްޔަތުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއްވެސް ފަރާތަކަށް މި ފަދައިން މަޢުލޫމާތު ދިނުމުގެ ކުރިން، ކައުންސިލްގެ އިސްފަރާތަކަށް އެންގުމަށް އިރުޝާދު ދީފައިވަނީ، އެ މުއައްޒަފު އަމިއްލައަށް ގޮތްނިންމައި ނޫހަށް މަޢުލޫމާތު ދިން މައްސަލަ ، ވަރަށް ސިރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުން އަންނަ ކަމަށް މޭޔަރ ވިދާޅުވިއެވެ. އޮންނަ އުޞޫލުގެ ދަށުން، ގެޒެޓްގައި ޢިއުލާންކޮށްގެން ނޫން ގޮތަކަށް، މާލެ ސިޓީ ކައުންސިލުން ކުރާ އެއްވެސް މަސައްކަތެއް ނުކުރާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ކައުންސިލަށް ހޯދާ މުދާ ހޯދުމުގައި ޢަމަލުކުރަމުންދާ އުޞުލަކީ ވެސް މިއީއެވެ. މި ގޮތަށް މި މަސައްކަތް ކުރަނީ، މާލެ ސިޓީގެ ހުރިހައި ކަމެއް، ދެފުށް ފެންނަ، ޖަވާބުދާރީ ވަނިވި ގޮތަކަށް ކުރުމަށެވެ. އަދި ކައުންސިލްގެ މަސައްކަތްތަކާ މެދު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށެވެ. "މިހައި ސާފުކޮށް ހިނގަމުންއަންނަ ކަމެއްގައި، އަދި މި ކަމާގުޅޭ މަޢުލޫމާތު ފަސޭހައިން ލިބެން އޮވެ އެ ފުރުޞަތުގެ ބޭނުން ނުހިފައި، މީހުންނަށް ކަންއޮތް ގޮތް އޮޅޭ ގޮތަށް، މި ފަދަ ވާހަކައެއް ޝާޢުކުރުމަކީ މި ކައުންސިލުން ނުހަނު ހިތާމަކުރާ ކަމެކެވެ." "އެހެން ކަމުން މި ކައުންސިލުގެ ކަންކަމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން އެއްވެސް ވާހަކައެއް ޝާއިޢުކުރައްވާ ނަމަ، މި ކައުންސިލާ ގުޅުއްވައިގެން ޞައްޙަ މަޢުލޫމާތު ހޯއްދަވައިގެން ޝާއިޢުކުރުމަށް އެދޭ ވާހަކަ ދަންނަވަމެވެ. ގިނަ ބޭފުޅުން މި ގޮތަށް ޢަމަލުކުރައްވަމުން ގެންދަވާކަން ވެސް ފާހަގަކުރަމެވެ."  

ގުޅުންހުރި ޚަބަރު