މ. ސަފާގޭގެ (މުނިޔާމަގު) ގްރައުންޑް ފްލޯގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
މިހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:19 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވުމަށް ކުރަންޖެހޭ މަސައްކަތް ވަނީ ފަށައިފައެވެ.
އަލިފާން ނިއްވާލުމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެންކުރި މަސައްކަތުން މިހާރު ވަނީ އަލިފާން ކޮންޓްރޯލްކުރެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުންވަނީ ހާމަކުރައްވައިފައެވެ.
މިހާދިސާ ހިނގަންމެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.




