ދިވެހި|English 9 ޖުލައި 2026 · 13:14
Top banner
Advertisement
މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރުކޮށްފިޝިރުހާން މުޙައްމަދު/ފޮޓޯ ޕޮލިސް
ޚަބަރު

މަސްތުވާތަކެއްޗާއެކު ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި  މީހަކު ހައްޔަރު ކޮށްފިއެވެ.

ޟޟަމްރަތު އަހްމަދު9 ޖުލައި 2026

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި  މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުޅަގުމަތީގެ / ޅ. ހިންނަވަރު، އަޙްމަދު ޝިރުޙާނު މުޙައްމަދު (33އ) ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވެސް ހިންނަވަރުން ކަމަށް ފުލުހުން ވިދާޅުވިއެވެ. 

ޝިރުހާން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހު އެރަށުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

 ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަންގައި، އޭނާ ހައްޔަރު ކޮށްފައިވަނީ ބަނދަރު ސަރަހައްދުންނެވެ. އެ ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު އަށް ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

 މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ ފުލުހުންނަށް އަމުރު ކޮށްފައެވެ.

 މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ހާމަ ކޮށްފައެވެ.

މަސްތުވާތަކެތި

ގުޅުންހުރި ޚަބަރު