ދިވެހި|English 9 ޖުލައި 2026 · 15:12
Top banner
Advertisement
"ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ޚާއްސަ ބައްދަލުވުމެއް ބާއްވައިފި"ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ބޭއްވި ބައްދަލުވުމުގެ ބައިވެރީންނާއެކު މިނިސްޓަރ ހީނާ/ފޮޓީ ތަރިކާއާބެހޭ ވުޒާރާ
ޚަބަރު

"ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ޚާއްސަ ބައްދަލުވުމެއް ބާއްވައިފި

ހިރި ނިއުސްހިރި ނިއުސް9 ޖުލައި 2026

"ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވަވައި، އެފަރާތްތަކާ އެކު ވަޒީރު ހީނާ ވަލީދު ޚިޔާލުބަދަލު ކުރައްވައިފިއެވެ.

މި ޚާއްޞަ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ރޭ ޤައުމީ ދާރުލްއާސާރުގެ ހޯލްގައެވެ. މި ބައްދަލުވުމުގައި ދާއިރާގެ ކަންކަން ރޭވުމުގައްޔާއި ނިންމުންތައް ކަނޑައެޅުމުގައި ތަރިކަވެރިންގެ ޚިޔާލާއި މަޝްވަރާ ހިމަނައި، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާ ބެހޭގޮތުން ވަޒީރު މަޝްވަރާ ކުރެއްވިއެވެ.

 މިއީ ދާއިރާގެ ބޭފުޅުންގެ އިހުސާސްތައް ދެނެގަނެ، މި ފަންނުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ފެށްޓެވި މުހިންމު މަސައްކަތެއް ކަމަށް ފަންނާއި ސަގާފަތާއު ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުވުމުގައި ތަރިކަވެރިންނާ އެކު ވަޒީރު ހީނާ ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވައިފައެވެ. އަދި އެބޭފުޅުންގެ މަސައްކަތުގެ ދާއިރާތަކުގެ ވާހަކަތައް އަޑުއައްސަވައި، ސަރުކާރާ ގުޅިގެން ސަގާފީ މަސައްކަތްތައް އިތުރަށް ތަރައްޤީކުރެވޭނޭ ގޮތްތަކާ މެދު ވަޒީރު ވަނީ މަޝްވަރާކުރައްވާފައެވެ.

"އެއްބަޔަކު އަނެއްބަޔަކާ ދިމާވެ، ތަފާތު ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއި، ވުޒާރާއާއި ފަންނުވެރިންނާ ގުޅިގެން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކުގެ ޚިޔާލު ލިބިއްޖެ" ބައްދަލުވުމަށް ފަހު ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުމަކީ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ބައްދަލުވުމަކީ މީގެ އުފާވެރި ފެށުމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުން ތަރިކަވެރިން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައި، ވަކިވަކި ފޯކަސް ގުރޫޕު މަޝްވަރާތައް ތާވަލުކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ސިލްސިލާ ހަރަކާތަކަށް ހަދައި، ޤަވާޢިދުން ތަރިކަވެރިންގެ އަޑު އެއްސެވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުނިފޫހިފިލުވުމުގެ ސަގާފީ ހަރަކާތްތަކާ އެކު ޝައުގުވެރި ގޮތަކަށެވެ. އޭގެ ތެރޭގައި އިހުގެ ދިވެހީންގެ މެދުގައި މަޝްހޫރު ތަފާތު އެކި ސައިގެ ރަހަބެލުމުގެ ފުރުޞަތާއި، ކުދިކާތަކެތީގެ އިތުރުން، ދާރުލްއާސާރުގެ ފަރާތުން ތައްޔާރުކޮށްފައިވާ ކުޑަ މައުރަޒަކާއި، އޮށްވަޅުގޮނޑި އަދި ތިންހަމަ ފަދަ ބޯޑު ކުޅިވަރުތައް ވެސް ހިމެނޭ ކަމަށް އެ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

ގަތަރޔހީނާ ވަލީދުތަރ

ގުޅުންހުރި ޚަބަރު