ދިވެހި|English 9 ޖުލައި 2026 · 21:02
Top banner
Advertisement
ޖަޒީރާ ބޯޓު އަޑިއަށް ހިނގައްޖެ، މީހުން ސަލާމަތްވި
ޚަބަރު

ޖަޒީރާ ބޯޓު އަޑިއަށް ހިނގައްޖެ، މީހުން ސަލާމަތްވި

ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ހިނގައްޖެއެވެ.

މމުހައްމަދު އަލީ9 ޖުލައި 2026

މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ހިނގައްޖެއެވެ.

ބޯޓު އަޑިއަށް ދިޔައީ ވ. ފެލިދޫ ހުޅަނގު ކަނޑަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 15:26 އެހާކަންހާއިރު ކަމަށެވެ.

ބޯޓު އަޑިއަށް ދިޔައިރު އޭގައި 7 މީހަކު ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ 4 ފިރިހެނަކާއި، ދިވެހި 3 ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެން މިހާރުވަނީ ސަލާމަތްކޮށްފައެވެ.

އެ މީހުން ލޯންޗަކަށް ނަގައިގެން މިހާރުވަނީ ފުލުހުންގެ އެހީތެރިކަމާއެކު ފުލިދުއަށް ގެންގޮސްފައެވެ. އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

ކަނޑުމަތީ ހާދިސާ

ގުޅުންހުރި ޚަބަރު