ދިވެހި|English 9 ޖުލައި 2026 · 21:03
Top banner
Advertisement
ޑރ. ފަޒުނާ އަވަހާރަ ވެއްޖެޑރ. ފަޒުނާ
ޚަބަރު

ޑރ. ފަޒުނާ އަވަހާރަ ވެއްޖެ

ކުޑަކުދިން ހެދިބޮޑުވުމުގައި ދިމާވާ ބަލިތަކަށް ޚާއްސަ ޑރ. އައިމިނަތު ފަޒުނާ މިއަދު އަވަހާރައް ވެއްޖެއެވެ.

މމުހައްމަދު އަލީ9 ޖުލައި 2026

ކުޑަކުދިން ހެދިބޮޑުވުމުގައި ދިމާވާ ބަލިތަކަށް ޚާއްސަ ޑރ. އައިމިނަތު ފަޒުނާ މިއަދު އަވަހާރައް ވެއްޖެއެވެ. އަވަހާރަވީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު އެވެ. އަވަހާރަވިއިރު އުމުރަކީ 47 އަހަރެވެ. އަވަހާރަވިއިރު ތިން ކުދިން ތިބި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޑިވެލޮޕްމެންޓަލް ޕިޑިއެޓްރީޝަނެއްގެ ގޮތުގައި އައިޖީއެމްއެޗުގައި އޭނާ މަސައްކަތް ކުރައްވަން ފެށްޓެވީ 2024 ވަނަ އަހަރުއެވެ. އޭގެ ކުރިން ވެސް އެ ހޮސްޕިޓަލުގައި އޭނާ ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ޑރ. ފަޒުނާ އަވަހާރަވުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ ޢާއިލާއަށާއި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ސިއްޙީދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

"ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީއެމް.އެޗް.ގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވަން. މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާށި! އާމީން"

 

ގުޅުންހުރި ޚަބަރު