ދިވެހި|English 10 ޖުލައި 2026 · 22:26
Top banner
Advertisement
އަލިފާންރޯވި ތިން ތަނެއް ސާފުކުރުމުގެ މަސައްކަތް ސިޓީކައުންސިލުން ފަށައިފިއަލިފާންރޯވި ތަނެއް މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ބައްލަވާލައްވަނީ/ފޮޓޯ މާލޭސިޓީ ކައުންސިލް
ޚަބަރު

އަލިފާންރޯވި ތިން ތަނެއް ސާފުކުރުމުގެ މަސައްކަތް ސިޓީކައުންސިލުން ފަށައިފި

މމުހައްމަދު އަލީ10 ޖުލައި 2026

ހުޅުމާލެ އާއި މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި ކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭސިޓީކައުންސިލުގެ ވެބްސައިޓުގައި ވިދާޅުވެފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގެ ޑިޒާސްޓަރ ޔުނިޓުންނެވެ.

އެގޮތުން ސާފު ކުރަމުން ދާ ތިން ތަނަކީ ހުޅުމާލެ ފޭސް 1 ގެ 110 ވަނަ ފްލެޓުގެ ގްރައުންޑް ފްލޯ އާއި، މާލޭގެ މާފަންނު އަވަށުގައި ހުރި ދެ ބުރީގެ އިމާރާތެއް ކަމަށްވާ މ. ޝަފާ ގެ އިތުރުން ގ.ފުންފަޅު ގޭ ގެ ހަަތަރު ވަނަ ފަންގިފިލާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ތިން ތަނަކީވެސް އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ތިންތަން ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

ހުޅުމާލެ 110 ވަނަ ފްލެޓުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ހާދިސާގައި އެ ފްލެޓުގެ ގްރައުންޑް ފްލޯއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ، އަދި މާފަންނު ޝަފާ ގޭގައި އަލިފާން ރޯވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. ގ.ފުންފަޅު ގޭގައި އަލިފާން ރޯވީ މިދިޔަ ހޯމަ ދުވަހު އެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން އުފެދިފައިވާ ކުނިތަކާއި އަދި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ ކުރަމުން ކަމަށްވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިއީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެދާނޭ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވެފައިިވެއެވެ.

މާލެސިޓީ ކައުންސިލް

ގުޅުންހުރި ޚަބަރު

Alifaan roavi thin thaneh saafu kurumuge masakkaiy Male City Counsilun fashaifi · HIRI NEWS