ދިވެހި|English 10 ޖުލައި 2026 · 22:28
Top banner
Advertisement
ކުޅިވަރުތައް ކުރިއަރަމުންދާ ވަރަކަށް ވަސީލަތްތައް ގާއިމްކޮށްދޭންޖެހޭ: ޝާހިދުޢަބްދުﷲ ޝާހިދު
ޚަބަރު

ކުޅިވަރުތައް ކުރިއަރަމުންދާ ވަރަކަށް ވަސީލަތްތައް ގާއިމްކޮށްދޭންޖެހޭ: ޝާހިދު

އެކިއެކި ކުޅިވަރުތައް ކުރިއަރަމުންދާ ވަރަކަށް އެކުޅިވަރުތައް ކުޅެވޭނޭ ވަސީލަތްތައް ގާއިމްކޮށްދޭން ޖެހޭނޭ ކަމަށް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހިރި ނިއުސްހިރި ނިއުސް10 ޖުލައި 2026

ރާއްޖޭގައި ޒަމާނީ އެކިއެކި ކުޅިވަރުތައް ކުރިއަރަމުންދާ ވަރަކަށް އެކުޅިވަރުތައް ކުޅެވޭނެ ފަދަ އެކަށީގެންވާ ވަސީލަތްތައް ގާއިމްކޮށްދޭން ޖެހޭނޭ ކަމަށް ކުރީގެ ފޮރިންމިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޑްރިފްޓް އެސޯސިއޭޝަންގެ ޑްރައިވަރުންގެ ހުނަރުވެރި ޙަރަކާތްތައް ބައްލާވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ޝައުޤުވެރި ކުޅިވަރެއް ކަމަށެވެ.

"ޑްރިފްޓް އެސޯސިއޭޝަންގެ ޑްރައިވަރުންގެ ހުނަރުވެރި ޙަރަކާތްތައް ރޭ ބަލާލިން. ޝައުޤުވެރި މިކުޅިވަރު ރާއްޖޭގައި އާލާކުރުމަށް ކުރައްވާ މަސައްކަތަށް ޑްރިފްޓް އެސޯސިއޭޝަންގެ ވެރިންނާއި މެމްބަރުންނަށް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވެފައިވެއެވެ.

 

އަބްދުﷲ ޝާހިދުކުޅިވަރު

ގުޅުންހުރި ޚަބަރު