ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އެމްޑީޕީން މޯލްޑިވިއަަނަށް ފައިސާ ދޭންޖެހޭ މައްސަލަ ނަގައިފި
ޚަބަރު

އެމްޑީޕީން މޯލްޑިވިއަަނަށް ފައިސާ ދޭންޖެހޭ މައްސަލަ ނަގައިފި

އއަހުމަދު މުހައްމަދު6 އޮކްޓޯބަރު 2024
މޯލްޑިވިއަން ފްލައިޓުން ކުރި ދަތުރު ތަކަށް އެމްޑީޕީން ދޭންޖެހޭ 5.6 މިލިޔަން ރުފިޔާ ދައްކަންޖެހޭ މައްސަލަ އަނބުރާ ގެންގޮސްފިއެވެ. މިއީ މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ބޭނުމަށް މޯލްޑިވިއަން އިން ކުރި ޗާޓަރ ދަތުރުތަކާއި ޝެޑިއުލް ދަތުރުތަކަށް ކްރެޑިޓް އުސޫލުން ނަގާފައިވާ ޓިކެޓްތަކަށް ދައްކަންޖެހޭ ފައިސާއެކެވެ. މި ފައިސާ ނުދައްކައިގެން އައިލެންޑް އޭވިއޭޝަނުން ވަނީ ސިވިލްކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ހުށަހެޅި މައްސަލައިގައި، އައިލެންޑް އޭވިއޭޝަނުން އެދިފައި ވަނީ، އެފައިސާގެ އިތުރުން، ފައިސާ ދައްކަންވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާތީ ސީދާ ގޮތުންނާއި ނުސީދާގޮތުން ލިބިފައިވާ ގެއްލުމަށް ހަތް ދުވަހުގެ ތެރޭގައި ބަދަލު ނަގައިދިނުމަށެވެ. ނަމަވެސް މި މައްސަލައިގައި ދެ ފަރާތުން މަޝްވަރާކުރުމަށްފަހު މިދިޔަ ޖޫން މަހުގެ 13 ގައި ވަނީ އެއްބަސްވުމެއް ހަދައިފައެވެ. އެއީ އެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު، ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި އެއް މިލިޔަން ރުފިޔާ ދައްކަންޖެހޭގޮތަށެވެ. އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން ފައިސާ ދެއްކުމަށްފަހު، އެއްބަސްވުމާ އެއްގޮތަށް އިތުރަށް ފައިސާ ނުދައްކާނަމަ އަލުން މައްސަލަ ކޯޓަށް ހުށަހަޅުމުގެ ފުރުސަތު ލިބޭގޮތަށް މައްސަލަ ނަގައިދިނުމަށް އެދުނެވެ. އެ ހުށަހެޅުމަށް އައިލެންޑް އޭވިއޭޝަނުންވެސް ވަނީ އެއްބަސްވެފައެވެ. އެހެންކަމުން އައިލެންޝް އޭވިއޭޝަނުން އެދިފައިވާ ގޮތަށް މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެހެން މި މައްސަލައިގެ ދައުވާފޯމް ބާތިލްކުރި ކަމަށް ސިވިލްކޯޓުން މިއަދު ހުކުމް ކޮށް، މައްސަލަ ވަނީ ނިންމައިފައެވެ.

ގުޅުންހުރި ޚަބަރު