ދިވެހި|English 8 އޮގަސްޓު 2026 · 06:19
Top banner
Advertisement
ޗައިނާއާއި އީރާންފަދަ ގައުމުތަކާ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަކީ އީއޭއީޔޫގެ އަމާޒެއް: ރަޝީޔާމިޚާއިލް މިޝުސްޓިން
ދުނިޔެ

ޗައިނާއާއި އީރާންފަދަ ގައުމުތަކާ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަކީ އީއޭއީޔޫގެ އަމާޒެއް: ރަޝީޔާ

އެކުވެރި ގައުމުތަކާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަކީ އީއޭއީޔޫ ގެ އެންމެ އިސް އެއް އަމާޒުކަމަށް ރަޝިއާއިން ބުނެފިއެވެ.

ޟޟަމްރަތު އަހްމަދު8 އޮގަސްޓު 2026

ޗައިނާ އާއި އީރާނާއި އެހެނިހެން އެކުވެރި ގައުމުތަކާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަކީ ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަން (އީއޭއީޔޫ) ގެ އެންމެ އިސް އެއް އަމާޒުކަމަށް ރަޝިއާގެ ބޮޑުވަޒީރު މިޚާއިލް މިޝުސްޓިން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު އޮތް ޔޫރޭޝިއަން އިންޓަރ ގަވަރމެންޓަލް ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިޚާއިލް މިޝުސްޓިން ވިދާޅުވީ، މި ހިނގާ މުއްދަތުގެ ތެރޭގައި ރަޝިއާ އާއި އީއޭއީޔޫގެ އެހެން މެންބަރު ގައުމުތަކާ ދެމެދު ކުރެވޭ ވިޔަފާރި 10 އިންސައްތަ ކުރިއަރާފައިވާ ކަމަށެވެ.

މި ޔޫނިއަން ކާމިޔާބުކަމާއެކު ތަރައްގީވެ ކުރިއަރަމުން އަންނައިރު، އެތެރޭގެ ވިޔަފާރީގެ މުއާމަލާތްތައް 7.5 ޓްރިލިއަން ރޫބެލް އަށް އަރާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިރްގިސްތާންގެ ޗޮލްޕޮން-އަޓާގައި ހުކުރު ދުވަހު އޮތް އީއޭއީޔޫގެ ބައްދަލުވުމުގައި އީރާނުގެ މިނިސްޓަރ އޮފް އިންޑަސްޓްރީ، މައިން އެންޑް ޓްރޭޑް މުޙައްމަދު އަތަބަކް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އީއޭއީޔޫގެ ބޮޑުވަޒީރުންގެ ކުރިއަށް އޮތް ބައްދަލުވުން ބާއްވާނީ އަންނަ އޮކްޓޯބަރު 1 އިން 2 އަށް ބެލަރޫސް ގައި ކަމަށް ވެސް މިބައްދަލުވުމުން ވަނީ ނިންމަވައިފައެވެ.

 

ގުޅުންހުރި ޚަބަރު