ދިވެހި|English 8 އޮގަސްޓު 2026 · 06:20
Top banner
Advertisement
ބިރު ދެއްކުމުގެ ސްޓްރެޓެޖީ ވަނީ ނާކާމިޔާބުވެފައި، އެމެރިކާއާއެކު ތަމްސީލު ކުޅެން ބޭނުމެއްނޫން: އީރާންމުޙައްމަދު ބާޣިރު ޣާލިބާފް
ދުނިޔެ

ބިރު ދެއްކުމުގެ ސްޓްރެޓެޖީ ވަނީ ނާކާމިޔާބުވެފައި، އެމެރިކާއާއެކު ތަމްސީލު ކުޅެން ބޭނުމެއްނޫން: އީރާން

އެމެރިކާއާއެކު އިތުރު ތަމްސީލް ކުޅެން ބޭނުން ނުވާކަމަށް އީރާނުން ބުނެފިއެވެ.

ޟޟަމްރަތު އަހްމަދު8 އޮގަސްޓު 2026

ވޮޝިންގޓަނުން ގެންގުޅެނީ މުޅީންވެސް "ތިއޭޓަރ ޑިޕްލޮމަސީ" ކަމަށް ވިދާޅުވެ އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޣިރު ޣާލިބާފް އެމެރިކާއަށް ފާޑުވިދާޅުވެއްޖެއެވެ.

އީރާނާއި އެމެރިކާގެ މައްސަލާގައި އެމެރިކާއިން އީރާނަށް ދެމުން ގެންދާ އިންޒާރުތަކާއި، ދެ ގައުމުން ވެފައިވާ އެއްބަސްވުންތަކާ އެމެރިކާ ޚިލާފުވުމާއި އަދި އަމިއްލައަށް ހަދައިގެން ދައްކާ ވާހަކަތަކުގެ ސްޓްރެޓެޖީ ނާކާމިޔާބުވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ތެހެރާނުން އިތުރު ތަމްސީލުތަކުގައި ނުވަތަ އެމެރިކާ ކުޅޭ ޑްރާމާތަކުގައި ބައިވެރިނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އޭނާގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި، "ވަރުގަދަ ޙަމަލާއެއް" ދޭނެކަމުގެ އިންޒާރުތަކުން ފެށިގެން ކުއްލިއަކަށް މަޝްވަރާކުރުމަށް އެމެރިކާއިން ގޮވާލި ގޮވާލުންތަކަށް އައި އަވަސް ބަދަލަށް އިޝާރާތްކުރައްވައި، ޣާލިބާފް ވިދާޅުވީ މިއީ އިޚްލާޞްތެރިކަމެއް ނެތް ޑިޕްލޮމަސީގެ ތަކުރާރުވަމުންދާ އާދައެއް ކަމަށެވެ.

"'ވަރުގަދަ ޙަމަލާއެއް އަންނަނީ... މަޑުކުރޭ، މައްސަލައެއް ނެތް، އެމީހުން ބޭނުންވަނީ މަޝްވަރާކުރަން.' އެއީ މެދުކެނޑުމެއްނެތި ހިނގަމުންދާ ތިއޭޓަރ ޑިޕްލޮމަސީއެއް،" އޭނާ ވިދާޅުވެފައިވެއެވެ.

ޣާލިބާފް ވިދާޅުވެފައިވަނީ ފިއްތުންތައް ކުރިމަތިކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ބިރުދެއްކުމާއި، ނުފުއްދާ ވައުދުތަކާއި އަދި ދޮގު ޚަބަރުތަކަށް ބަރޯސާވުމަކީ އެމެރިކާ ނާކާމިޔާބުވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. ހުސް އިންޒާރުތަކާއި ކުއްލި ބަދަލުތަކުގެ ސިލްސިލާ ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ކަންހިނގާފައިވާ ގޮތް ގަބޫލުކޮށް، ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ކުރީން ވެފައިވާ އެއްބަސްވުންތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އޭނާ ވަނީ އެމެރިކާއަށް ގޮވާލައްވާފައެވެ.

"ބިރުދެއްކުމާއި، ވައުދާ ޚިލާފުވުމާއި، ދޮގު ޚަބަރުތައް ފެތުރުމަކީ ނާކާމިޔާބު ސްޓްރެޓެޖީއެއް. ޙަޤީޤަތްތައް ގަބޫލުކޮށް ތިޔަބައިމީހުންގެ ވައުދުތައް ފުއްދާ. އަހަރެމެންނަށް އިތުރު ތަމްސީލެއް ބޭނުމެއް ނޫން،" ޣާލުބާފް ވިދާޅުވެފައި ވެއެވެ.

 

ގުޅުންހުރި ޚަބަރު