ދިވެހި|English 10 އޮގަސްޓު 2026 · 13:04
Top banner
Advertisement
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް ހުދުސަމާލު ނެރެފި
ޚަބަރު

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް ހުދުސަމާލު ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް ނޫނުން ލާމަށް ހުދުސަމާލު ނެރެފިއެވެ.

މމުހައްމަދު އަލީ10 އޮގަސްޓު 2026

ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ވިދާޅުވެފައިވަނީ ހުދު ސަމާލު ނެރުނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނޭ ކަމަށް ވެސް މެޓު އޮފީހުން ލަފާ ކުރައްވައެވެ.

މި ސަމާލު ނެރެފައިވަނީ ހެނދުނު 8:15 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއް ކަމުން ކަނޑުދަތުރުފަތުރަށް އެރުމުގެ ކުރީން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދު ތަކަށް ތަބާވުން ވަރަށް މުހިންމެވެ. މީގެ އިތުރުން ފުރުމުގެ ކުރިން މެޓު އޮފީހަށް ގުޅައިގެން މޫސުން ކުރިއަށް ލަފާކުރާ ގޮތް ބެލުމަކީ "ރައްކާވެތިއްޔާ ދަތުރެވެ."

ގުޅުންހުރި ޚަބަރު