ދިވެހި|English 8 ނޮވެމްބަރު 2026 · 21:01
Top banner
Advertisement
ފަރެސްމާތޮޑާގެ ކާބޯތަކެތީގެ މައުރަޒަށް ވިއްސާރައިގެ އަސަރު
ޚަބަރު

ފަރެސްމާތޮޑާގެ ކާބޯތަކެތީގެ މައުރަޒަށް ވިއްސާރައިގެ އަސަރު

ގދ. ފަރެސްމާތޮޑާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ކާބޯތަކެތީގެ މައުރަޒެއް އެރަށުގައި ބާއްވައިފިއެވެ.

މމުހައްމަދު އަލީ8 ނޮވެމްބަރު 2026

މިދިޔަ ހުކުރުދުވަހު ބޭއްވި މި މައުރަޒުގައި އެރަށު ވަކިވަކި ފަރުދުންނާއި ގްރޫޕްތަކުން ބައިވެރިވެފައިވެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ވަލީދާ އަބްދުއްސައްތާރު ވިދާޅުވީ މައުރަޒު ބޭއްވި ދުވަހަކީ ވިއްސާރަދުވަހަކަށްވުމުން އެންމެ އުންމީދުކުރި ގޮތަށް ކަންކަން ނުދިޔަ ކަމަށެވެ. "ކުރިން އޯޕަން ތަނެއްގައި ބާއްވަން ރޭވީ. ވިއްސާރަ ވުމުން ސްކޫލް ހޯލުގައި ކުރިއަށް ގެންދިޔައީ. ވާރޭ ނުވެހި ދިޔަ ވަގުތުގައި ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު. އެހެންނަމަވެސް ހަވީރުން ފެށިގެން ރޭގަނޑާ ހަމައަށް ބާއްވަން ރޭވި މައުރަޒު ވިއްސާރައިގެ ސަބަބުން ރޭގަނޑު ކުރިއަށް ގެންދެވޭ ގޮތެއްނުވި. ރޭގަނޑާ އެއްކޮށް ކުރިއަށް ގެންދެވޭގޮތްވިނަމަ ވަރަށް ކާމިޔާބުވީސް. ހާލަތަށް ބަލާފައި މިހާރުވެސް ހިތްހަމަޖެހޭ،" އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ކާބޯތަކެތީގެ ދުވަހާ ދިމާކޮށް މިހާރަށްވުރެ ރަނގަޅު މައުރަޒެއް ބާއްވުމަކީ ޑަބްލިޔުޑީސީގެ އަޒުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "މިފަހަރުގެ ތަޖުރިބާއަށް ބަލާފައި އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވަރަށް ފުރިހަމައަށް ހުރިހާކަމެއް ގެންދަން މަސައްކަތް ކުރާނަން. މިފަހަރުގެ މައުރަޒުގެ ބައިވެރީންނާއި މައުރަޒަށް ޒިޔާރަތްކުރި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. މިއީ ފެށުމެއް ކަމަށް މިބަލަނީ،" ވަލީދާ ވިދާޅުވިއެވެ.

މި މައުރަޒުގައި އެހާރާއި މިހާރުގެ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ވަނީ ބައިވެރިކޮށްފައެވެ. މިއީ އެރަޒުގެ އަންހެނުންނަށް މިފަދަ ކަންކަމަށް ހިތްވަރުދިނުމާއި ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށް ބޭއްވި މައުރަޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު