ދިވެހި|English 14 އޮގަސްޓު 2026 · 20:47
Top banner
Advertisement
އެއާޕޯޓުތައް ތަރައްގީ ކުރުމަކީ އިގްތިސާދީ ފައިދާ އެކުލެވޭ މަޝްރޫއުތަކެއް: ރައީސް
ޚަބަރު

އެއާޕޯޓުތައް ތަރައްގީ ކުރުމަކީ އިގްތިސާދީ ފައިދާ އެކުލެވޭ މަޝްރޫއުތަކެއް: ރައީސް

އެއާޕޯޓުތައް ތަރައްގީ ކުރުމަކީ އިގްތިސާދީ ފައިދާ އެކުލެވޭ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ14 އޮގަސްޓު 2026

ރާއްޖޭގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކަކީ އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް އެކުލެވޭ މަޝްރޫޢުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މިހެން ވިދާޅުވީ ތަރައްގީގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަން ފާހަގަ ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ އެއަރޕޯޓު މަޝްރޫޢުތަކަކީ ރަނގަޅު ގޮތެއްގައި ކުރެވިއްޖެކަމުގައި ވަނީނަމަ، ދެކޮޅުޖެހޭނެ މަޝްރޫޢުތަކެއްކަމަށެވެ.

ތިލަމާލޭ ބްރިޖުގެ މަޝްރޫޢާ ބެހޭގޮތުން ރައީސް ވަނީ މާޒީގައި އެ މަޝްރޫޢު ހިނގަމުން ދިޔަ ގޮތަށް ބައްލަވާލައްވައިފައެވެ. މާޒީއާ ޚިލާފަށް ހަލުވި ދުވެލީގައި މިމަޝްރޫޢު މިހާރު ކުރިއަށް އެބަދާކަމަށާއި، ލަސްތަކެއްނުވެ، ބުރިޖުގެ މަޝްރޫޢު ނިމޭނެކަމަށް ރައިސް ވިދާޅުވިއެވެ. އައްޑޫސިޓީގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެބޮޑު އެއް މަޝްރުއަކީ މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލުކުރުމުގެ މަޝްރޫޢުކަމަށެވެ. އެކަން ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

 

ގުޅުންހުރި ޚަބަރު