ދިވެހި|English 11 ނޮވެމްބަރު 2026 · 18:07
Top banner
Advertisement
ކެއަރވަން ކްލިނިކް: ރާއްޖޭގައިހުރި ކިމްސް ހޮސްޕިޓަލުގެ ހަމައެކަނި އެކްސްކްލޫސިވް ކުލިނިކު
ޚަބަރު

ކެއަރވަން ކްލިނިކް: ރާއްޖޭގައިހުރި ކިމްސް ހޮސްޕިޓަލުގެ ހަމައެކަނި އެކްސްކްލޫސިވް ކުލިނިކު

ނޮވެމްބަރު މަހުން ފެށިގެން ކޮންމެ މަހަކުވެސް ކިމްސް ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުން މި ކްލިނިކަށް ޒިޔާރާތް ކުރައްވާނެ.

މމުހައްމަދު އަލީ11 ނޮވެމްބަރު 2026

ކެއަރވަން ކްލިނިކަކީ ރާއްޖޭގައި ހުންނަ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ ހަމައެކަނި އެކްސްކްލޫސިވް ކުލިނިކެވެ. މިމަހުން ފެށިގެން ކޮންމެ މަހަކުވެސް ކިމްސް ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުން މި ކްލިނިކަށް ޒިޔާރަތް ކުރާނޭ ކަމަށް އެތަނުން މައުލޫމާތު ދެއްވިއެވެ.

ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެތަނަށް ގުޅައިގެން މިހާރުވެސް އެޕޮއިންޓްމަންޓް ހަދަންވީއެވެ. އެޕޮއިންޓްމެންޓް ހެދުމާއި އެހެނިހެން މައުލޫމާތު ހޯދުމަށް ގުޅަންޖެހޭ ނަންބަރުތައް މިހުރީއެވެ. 9233335 އަދި 9233336 އަށް ގުޅުއްވާށެވެ. ހުރިހާ މައުލޫމާތެއް ސާފުވާނެއެވެ.

ކެއަރކްލިނިކުން ބުނީ މިމަހުން ފެށިގެން ދެން ކޮންމެ މަހަކުވެސް ކިމްސް ހޮސްޕިޓަލުގެ ޚާއްސަ ދިހަ ޑޮކްޓަރުން އެ ކްލިނިކަށް ޒިޔާރަތް ކުރައްވާނޭ ކަމަށެވެ. މިމަހު ޒިޔާރަތް ކުރައްވާ ދިހަ ޑޮކްޓަރުން އެތަނުގައި ބައްލަވަމް ފަށްޓަވާނީ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.

މިފަހަރުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ:

ޑރ. ނިތާ ޖޭ ދަސް - ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަން (ކަށީ، ނާރު)

ޑރ. އަޖޭ ރަވީ - ނޭވާލާ ނިޒާމުގެ ފަރުވާއަށް ޚާއްސަ

ޑރ. ސުނޭހާ އަން - އައިވީއެފްއާއި ދަރިމައިވުމާ ގުޅޭ މައްސަލަތަކަށް ޚާއްސަ

ޑރ. އަނޫ ކޭ ވަސޫ - ޕީޑިއެޓްރިކް ހެޕަޓޮލޮޖީ (ކުޑަކުދިންގެ ފަރުވާގެ ތެރެއިން، ފުރަމެއާއި ގޯލްބްލެޑާ ފަދަ ގުނަވަންތަކުގެ ބަލިތަކަށް ޚާއްސަ)

ޑރ. މަނޭޝް ސެނަން - ޕްލާސްޓިކް، ރީކޮންސްޓްރަކްޓިވް، މައިކްރޯވެސްކިއުލާ ސާޖަރީ

ޑރ. ގަނޭޝް ވީ - އެތެރެހަށީގެ ބަލިތަކަށް ޚާއްސަ

ޑރ. ޝިޖޫކުމާރު - ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ

ޑރ. ކުކޫ މަރިޔަމް - އޯރަލް މެޑިސިން އެންޑް ޓީއެމްޖީ ސްޕެޝަލިސްޓް، ޑެންޓަލް

ޑރ. ޗަންދަން އެމް - ކަށީގެ ބަލިތަކަށް ޚާއްސަ

ޑރ. އަބްދުލް ޝަމީރު - އޯތޮޑޮންޓިކްސް، ޑެންޓަލް

ކެއަރވަން ކްލިނިކް ހުންނަނީ ކޮންތާކު؟

މި ކްލިނިކް ހުންނަނީ ހ. ނިވައި ގޭގައެވެ. އެ ގެ ހުންނަނީ އަސްރަފީ މަގުގައެވެ. މި ކްލިނިކުން އާސަންދަ، އެލައިޑް، ޕޮލިސް، ސޮލަރެލް އިންޝުއަރެންސް ބަލައިގަންނާނެއެވެ.

 

ގުޅުންހުރި ޚަބަރު